ރާއްޖޭގެ މޮޅު އެކްޓަރުންގެ ތެރޭގައި ހިމެނޭ ރަވީ ފާރޫގް މި ވަނީ ބައިސްކޯފްގެ ރީލް ޓޫ ރިއަލް ޕްރޮގްރާމްގައި ވަރަށް "ރިއަލް" ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ. އޭނާ މީގެ ކުރިން ދިރިއުޅުމުގެ މައްސަލަތަކުގެ ވާހަކަތައް ހިއްސާ ކޮށްފައިނުވި ނަމަވެސް، މިފަހަރު ވަރަށް ތަފްސީލުކޮށް އެ ޝޯގެ ތެރެއިން ގިނަ ވާހަކަތަކެއް ހިއްސާ ކުރިއެވެ. ހާއްސަކޮށް މަސްތުވާތަކެތީގެ ތެރޭގައި އޭނާ ދިރިއުޅުނު ހަނދާންތައް ކިޔާދިނެވެ.

ބަތަލާ ނިއުމާ މުހައްމަދު ހޯސްޓް ކުރާ މި ޝޯގައި ރަވީ ވަނީ، މަސްތުވާތަކެތީގެ މައްސަލައެއް އޭނާގެ ބައްޕަ ހައްޔަރު ކުރި ހަނދާންތައް ކިޔާދީފައެވެ. އެއިރު އޭނާގެ އުމުރުން ވާނީ 10 އަހަރެވެ.

އެގޮތުން އެ ދުވަހު ކަންތައް ވީ ގޮތް ހިއްސާ ކުރަމުން ރަވީ ވަނީ އޭނާއަށް "ބީ" ރިޕޯޓެއް ލިބިއްޖެނަމަ، ބައްޕަ އޭނާއަށް ބެޑްމިންޓަން ރެކެޓެއް ގަނެދޭން ބުންޏެވެ. އަދި އޭނާ ބީ ފާސް ހޯދައިގެން އައި ދުވަހު ބައްޕައާ އޭނާއާ ދިމާނުވިއެވެ. ބައްޕަ ހައްޔަރުކޮށްގެން ފުލުހުން ގެންދިޔައީ އެވެ. އެއީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ.

ރަވީ ބައިސްކޯފްގެ ރީލް ޓު ރިއަލް ޕްރޮގްރާމްގައި - ފޮޓޯ: ބައިސްކޯފް

"10 އަހަރުވީއިރުގައި އެންމެ ބޮޑު ޗޭންޖެއް މިއައީ، ހަނދާންވަނީ ސްކޫލުން ރިޕޯޓް ފޯމް ލިބިގެން އެއިރު ބެޑްމިންޓަން ރެކެޓެއް ލިބޭނެއޭ "ބީ"ފާސް ހޯދީމަ، ބީއެއް ހިފައިގެން ގެއަށް އައީ، ރިޕޯޓް ފޯމް ހިފައިގެން އައިއިރު ބައްޕައެއް ނެތް، ބައްޕަ ގެންގޮއްސި ފުލުހުން، ޑްރަގް މައްސަލައެއްގައި، ރެކެޓެއްވެސް ނުލިބުނު". ރަވީ ކިޔާދިނެވެ.

އެއިރު ރަވީ އާއި އޭނާގެ ކޮއްކޮމެންނާއި ބޭބެމެން ބަލަމުން ދިޔައީ މާމަ އާއި ކާފަ އެވެ. އަދި މަންމަ އެވެ. އަދި އޭނާ ވަނީ ބައްޕަ ނެތް ކަމުގެ އިހުސާސް މާބޮޑަށް ކުރެވިފައި ނުވާ ކަމަށްވެސް ބުނެފައެވެ.


ރަވީ ވަނީ، އެ މައްސަލައިގެ ފަހުން މަންމަގެ އާއިލާއިން އެ މީހުން އެކަހެރި ކުރިކަން ފާހާގަވިކަމަށްވެސް ބުނެފައެވެ.
ރަވީގެ ވާހަކަތަކުން ގޭތެރޭގައި މަސްތުވާތަކެތީގެ ކަންކަން އޮތް ކަން ކޮންމެވެސް ވަރަކަށް އެނގެ އެވެ.

"މަންމަމެންގެ އައިލާގެ ފަރާތުން ފުދޭވަރެއްގެ އައިސޮލޭޓް ކޮށްލާފައި ހުރި ފެމަލީއެއްގެ ގޮތުގައި ފީލްވީ، އެހެންވީމަ ބޮޑަށް ޓްރައި ކުރީ އަމިއްލައަށް އުޅެވޭނެ ގޮތެއް"

ރަވީ އާއި ނިއުމާ ބައިސްކޯފްގެ ރީލް ޓު ރިއަލް ޕްރޮގްރާމްގައި - ފޮޓޯ: ބައިސްކޯފް

އަދި އޭނާ ބޮޑަށް ދިރިއުޅުމައިގެން ކުރިއަށް ދިއުމުގައި އެހީތެރިވެދީފައި ވަނީ ޓީޗަރެއް ކަމަށް ރަވީ ބުންޏެވެ.
"މި ޓީޗަރު އިނީޝިއޭޓް ނަގައިގެން، ފޮތް ދަބަހާއި،ބޫޓާއި،ޔުނީފޯމާއި،ސޯޓާއި، ތަންކޮޅެއް މުއްސަނދި ކުދިން ލާނީ ހުދު ސޯޓުވެސް ހުދު ސޯޓުވެސް ދިން، އެ ހުރިހާ ގޮތަކަށް ބަލާފައި މީހާއަށް ހޯޕެއް ލިބުނު".

ރަވީ ބުނީ، ޓީޗަރުގެ އެ އެހީއާއެކު އެތައް ބައެއްގެ އެހީތެރިކަން އޭނާއަށް ލިބޭނެ ކަމުގެ އިހުސާސްތައް ކުރެވުނު ކަމަށެވެ. ރަވީ ބުނީ، އެ އެންމެންގެ އެހީތެރިކަމާއެކު އޭނާ މަސްތުވާތަކެތީގެ މަގަށް ގޮސްފައި ނުވާ ކަމަށެވެ.

"އެ ހުރިހާ އެއްޗެއް ލިބުނީމަ ކަންނޭނގޭ ނުބައި މަގަކުން ނުދިޔައީ، މިސާލަކަށް މަސްތުވާ، އެއްޗެއް ބޭނުން ނުކުރުމާއި، އެކަހަލަ އެއްވެސް ކަމެއް ނުކޮށް ހުރެވުނީ، ބައްޕައަށް އެ ވީގޮތުން ފެމެލީއަށް މި އައި އިމްޕެކްޓުން މިކަންކޮށްގެން ނެތް ކަން އެއްވެސް ކަހަލަ އުފަލެއް". ރަވީ ބުންޏެވެ.

ރަވީ ވަނީ އެ ޝޯގެ ތެރެއިން އޭނާ ކިޔެވުމަށް ސަމާލުކަން ނުދިން ވާހަކަ ހިއްސާ ކޮށްފައެވެ. އެހެން ނަމަވެސް އޭނާ މިހާހިސާބަށް އައިރު ވަރަށް ގިނަ ކަންކަން ދަސްކުރިކަންވެސް ފާހަގަކުރިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އެމަންޖެ

    އައިލަވްޔޫ ރަވީ.

    13
    4
  2. ދިވެހި އެޑިކްޓެއް

    މަސްތުވާތަކެތީގެ ތެރޭގައި އުޅެ އޭގައި ނުޖެހި ސަލާމަތްވީތީ ރަވީއާމެދު ވަރަށް ފަހުރުވެރިވެ އުފާކޮށްފިން. މަސްތުވާ އެއްޗިއްސަށްވުރެ ނުބައި ކަމެއް މި ދުނިޔެމަތީގައި ނުވާނެ.. އަހަރެން މިއުޅެނީ އަދިވެސް ސަލާމަތް ނުވެވިގެން

    37
    • އަލިބެއްޔާ

      ދިވެހި ރުއްގަލު ބޭހަކީ ތީގެ ފަރުވާ..

      10
      1
    • އައްޔާ

      އީމާންކަން ވަރުގަދަކުރޭ. ޔަޤީން ތިކަމުން ސަލާމަތްވާނެ

      3
      1
  3. ޛޖަ

    މިއީ ވަރަށް ދަތި ހާލުގައި އުޅެ ބޮޑުވި ކުދިން ކޮޅެއް.

    33
    1
  4. މޫސާ ނަސީރު / ގއ.މާމެންދޫ

    ގއ.ދާންދޫ މީހުންނާކީ ވަރަށް ފޮނި ކަނޑާ، ދޮގު ހަދާ ބައެއް.. މިސާލަކަށް ދާންދޫ ދާއިރާގެ މަޖްލިސް މެންބަރު ޔައުޤޫބު.. ވަގު ހިފަން އައި މީހަކު މުލު ވަގަކަށް ބަދަލުވި ބަދަލުވުން...

    20
    9
    • މަ

      ބުރޯ ދާންދޫ އެންމެނަކީ ފޮނި ކަނޑާ ބަޔެއް ނޫން ވާނުވާ ނުވޭ

      13
      1
    • މާމެންދޫ މީޙާ

      ދާންދޫ ޢަކީ ތައުލީމީ ގާބިލު، ކެރޭ، މަސައްކަތްތެރި މީހުންއުޅޭ ރަށެއް.. އަތޮޅުގަ އޮތް އެންމެ ކުރިއަރާ ރައް، އެކަން ހަޖަމް ނުވޭ މާމެންދޫ މީހުންނައް ހެހެހެ، އަހަނެ ރަަޓު ކުދުނެ ޖޭ ވޫ ދާ!.....

    • ޙަހަ

      މާމެންދޫ ކުައްދުނެ ވަރަން ޖޭ ވެންނެ ދާންދޫ މީހެއްނެ ދެކެ

    • އަހަރެން

      މޫސާ ނަސީރު ދާންދޫ މީހުންގެ ވާހަކަ ދައްކަން ނުޅޭ ސަބަބަކީ އެ އާއިލާ އަކީ ދާންދޫ ކުދިންއަށް ވީ އިރު އެމީހުންގެ އާދަކާދަޔާ މުޅިން ހިލާފް ބައެއް ބުނަން މިއުޅެނީ އެއީ މާލޭގަ އުޅެބޮޑެތިވި ކުދިން އެންމެ ކުޑއިރުންސުރެއް

  5. ނނ

    މިފިލު ހަދާމީހުންނައް މިކަލަނުބައި އަމަލުތަކާއި ގުޅުވައިނޫނީ ފިލްމެއްވެސް ހަދަންނޭގޭ

    1
    1