ޝަލަބީ އިބްރާހިމް އާއި އޭނާގެ އަންހެނުން ޝިފާ އިބްރާހިމް އާ ގުޅުން ހުރި މާގިނަ ވާހަކަތަކެއް މީޑިއާތަކަށް ތިލަވެފައެއް ނުވެއެވެ. އެހެން ނަމަވެސް މިއީ ވަރަށް ލޯބި ދެމަފިރިންގެ ގޮތުގައި އެތައް ބަޔަކު ފާހަގަކުރެއެވެ.

މިއީ ޝިފާ އާއި ޝަލަބީއާ ގުޅުން ހުރި ގިނަ ވާހަކަތައް ހިއްސާ ކޮށްލާ ލިޔުމެކެވެ. މި ވާހަކަތައް ހިއްސާކޮށްގައި ވަނީ ބައިސްކޯފްގެ ޑްރާފަޓްގައި ޕްރޮގްރާމްގައި ދެމަފިރިން ބައިވެރިވެގެން ވާހަކަދައްކަމުންނެވެ.

އެ ޕްރޮގްރާމަކީ ދެމަފިރިންގެ ދިރިއުޅުމާއި ގުޅުންހުރި ވާހަކަތައް ގެނެސްދޭ ޕްރޮގްރާމެކެވެ. އެގޮތުން އެ ޕްރޮގްރާމްގައި ދެމަފިރިން ދިމާވި ގޮތާއި، ލޯބިވި ގޮތާއި، އެ ނޫންވެސް ސުވާލުތައް ކުރެއެވެ.

ޝިފާ ބުނީ، އެހާ އަވަހަށް ކައިވެނި ކުރާނެ ކަމަކަށް އުއްމީދު ނުކުރާ ކަމަށެވެ. އަދި ދެމީހުން އަނެއްހެން ރައްޓެހިވެސް ނުވާ ކަމަށް ޝިފާ ބުންޏެވެ.

"ދިމާވިއިރުވެސް އަސްލު އަހަރުމެން ތިބީ ތަންކޮޅެއް ރަނގަޅަށް އުޅޭ ވިސްނުމުގައި، އަބަދުވެސް ވިސްނެނީ ހިތާވެގެން ފަސް ހަ އަހަރު ދިހަ އަހަރު އެހެން ނޫނީ 20 އަހަރު އުޅެފައި އެ ގުޅުން ކެނޑިފައި އޮންނަނީ، އެހެންވެ އޭގެ ކުރީބައިގައި ތަންކޮޅެއް ރަނގަޅު ދިރިއުޅުމެއް އުޅެންވެގެން ދެ މީހުން ހިޔާރު ކުރީ". ޝަލަބީ ބުންޏެވެ.

ޝިފާ ބުނީ، ކައިވެނި ކުރީވެސް ވަކި ތާރީހެއް ކަނޑައަޅާފައި ނޫން ކަމަށެވެ. ހަމަ ކައިވެނި ކުރަން ހިތައް އެރުމުން ކައިވެނި ކުރީ ކަމަށް ޝިފާ ބުންޏެވެ.

އެހެންކަމުން މި ދެމީހުންނަކީ ދެމީހުން ރަނގަޅަށް އެނގި ލޯބިގެން ކައިވެނި ކުރި ދެ މީހުން ކަމަށް އެ މީހުންގެ ވާހަކަތަކުން ހާމަވެއެވެ.

ޝިފާ ބުނީ، ޝަލަބީ ދެކެ ގަޔާވީ ވަކި ސިފަތަކެއް ހުރެގެން ނޫން ކަމަށެވެ. އެހެން ނަމަވެސް، ޝަލަބީ އަކީ ދޮގު ނަހަދާނެ މީހެއް ކަމަށް ޝިފާ ބުންޏެވެ.

"އައި ގަބޫލުކަން، ޔޫ ވަރަށް ސްޓްރެއިޓް ފޯވާޑް ވާނެ، ބުނާނެ ދޯ،އެ ސިފަ އަސްލު، ޔޫ ގިލްޓް ވާ އެއްޗެއް ވިޔަސް ދޮގެއް ނަހަދާނެ، އެކަމަކު ބުނާނެ ދޯ މިހެން މިހެންނޭ".

ޝަލަބީ، ބުނީ އޭނާއާ ޝިފާއަށް ފުރަތަމަ ފެނުނުއިރުވެސް ލައިކްވާ ކަހަލަ ގޮތެއް ހުރި ކަމަށެވެ. އެހެން ނަމަވެސް އެއިރު، ލޯބިވެ، އެކުގައި އުޅެފާނެ ކަމުގެ ހިޔާލެއް ނެތް ކަމަށް ޝަލަބީ ބުންޏެވެ.

އެ ޕްރޮގްރާމްގައި ދެމަފިރިން ވަރަށް މަޖާ އެކި ވާހަކަދެއްކިއެވެ. އަދި ދެ މީހުންގެ ގުޅުން ވަރަށް ގާތްކަން އެ ޕްރޮގްރާމުން އެގެއެވެ.

ޝަލަބީ އާއި ޝިފާ ކައިވެނިކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 23 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދިވެއްސަކު

    ދިވެހިން ވާހަކަ ދައްކަން ދަސްކުރަމާ
    އަލުން ނާސަރީ އަށާއި އެލްކޭޖީ ޔޫކޭޖީއައް ވަންނަން ފެނޭ
    ކިއުޓް ކަޕްލް އެއް

    39
    1
  2. ބޯޖަލީލު

    ތިޔަ ދެމީހުއްނަން ވެސް ވާވަރެއްބަލަން މިތިބީ

    23
    1
  3. އެމަންޖެ

    ކީޕް އިޓް އަޕް.

    10
    5
  4. އަޙްމަދު

    ދިވެއްސަކު ތި ކޮއްފަ އިން ކޮމެންޓު ( ކިއުޓު ކަޕަލް ) ވެސް ދިވެހިން ބުނެލި ނަމަ ދޯ.

  5. ސާމިސް

    ވާއޯނައިޝްކަޕަލްވަރައްގުޅޭދެކުދިންއުންމީދަކީދެކުދިންއެކުގަވަކިނުވެދާއިމައްދުނިޔޭގައުޅުން މާޝާﷲ

  6. މަރޭ

    ޝަލަބީއަކީހާދަހާރީތިމަޑުމައިތިރިލަވަކިޔާކުއްޖެކޭ މައްހާދަރީއްޗޭޝަލަބީގެމަޑުމައިތިރިލަވަތައްއަޑުއަހަންއިންދަނިދޭއިރުވެސްނޭންގޭނެސަހާދެއްފައްތެދެއްމިބުނީ

  7. ޜިޒްނާ

    މަށައް ޝަލަބީލިބޭނެނަމައޭމަހިތައްއަރާ ހާދަ ރީއްޗޭ މަޝައްޝަލަބީ

    1
    1
  8. ޖާނޫ

    ޝިފާޔައްދިވެހިންވާހަކަދައްކަންދަސްކޮއްދީބަލަ ޝަލަބީ ހިޔޮނުވާނެކަލެންނޭ ދިވެއްސެއްނޫން އިނގިރޭސިއެއްނޫން ކޮންގައުމެއްގެބަހުރުވަޔަކުންތަ މިމީހުން ވާހަކަ މިދައްކަނީ އެއްގޮތަކަށްވެސް އޮޅުމެއްނުފިލާތިކިޔާއެއްޗެއް އުމީދުކުރަން ފެން ލައިވްޝޯއަކައްއަރާއިރުރަނގަޅަށްދިވެހި ދަސްކޮށްގެން އަރާނެކަމަށް އެއްގޮތަކަށްވެސް ހިތްބުރަނުކުރާތި މީތިދެމަފިރިންނައް މަލާމާތް ކުރުމުގެނިޔަތުގަބުނާއެއްޗެއްނޫންހަމަތިކިޔާއެއްޗެއްއޮޅުންނުފިލާތީއެވާހަކަބުނެލީ އުފާވެރިބާއްޖަވެރިދިރިއުޅުމެއްތިދެމަފިރިންނައް މާތްﷲމިންވަރުކުރައްވާށި އާމީން