18 މަސްތެރޭ 53 ކިލޯ ލުއި ކޮށްލުމަކީ ފަސޭހަ ކަމެއްނޫނެވެ. ނަމަވެސް ދިޝާންތް މަލިކު ނަމަކަށް ކިޔާ އިންޑިއާ ގެ ޑޮކްޓަރެއް މިވަނީ 18 މަސް ތެރޭގައި 130 ކިލޯއިން 77 އަށް އޭނާގެ ބަރުދަން ލުއި ކޮށްލައިފައެވެ.

ދިޝާންތް "ޓައިމްސް އޮފް އިންޑިއާ" އަށް ދިން އިންޓަވިއުގައި ބުނެފައި ވަނީ ބަރުދަނުގައި 130 ކިލޯ ހުރުމުން ދިރިއުޅެން ވެސް އުނދަގޫވި ކަމަށެވެ. އަދި މީހާ މާ ބޮޑަށް ފަލަވުމުން ޑިޕްރެޝަން އަށް ދިޔުމުގެ މަގު ފަހިވާކަމަށް ވެސް ދިޝާންތުގެ އިންޓަވިއުގައި އޭނާ ވަނީ ބުނެފައެވެ.

އޭނާ ހިކެން މަސައްކަތް ކުރުމަށް ކެއުމުގެ ޑައިޓެއްވެސް ބޭނުން ކުރިކަމަށް އެނާ ބުންޏެވެ. އެގޮތުން ފުރަތަމަ ކަމަކަށް ތެޔޮ އެކުލެވޭ ކާ އެއްޗެހި ތަކުން ދުރުވެ، ދަންވަރު ކެއުން ވެސް އޭނާ ވަނީ ހުއްޓާލައިފަ އެވެ.

ހެނދުނުގެ ނާސްތާ އަށް ދިޝާންތް ބޭނުން ކުރަމުން އައީ ބްރައުން ބްރެޑް އާއި ޕީނަޓް ބަޓަރު ގެ އިތުރުން އޯޓްސް އާއި ފެނު ކެއްކި ކުކުޅު ބިހެވެ. މިއާއެކު މެންދުރުގެ ކެއުމަށް ބްރައުން ރައީސް އާއި ސެލެޑް ބޭނުން ކުރި ދިޝާންތް ވަނީ ރޭގަނޑުގެ ކެއުމަށް ކެޕްސިކަމް އާއި ކިއުކަމްބާ ފަދަ ތަކެތި ބޭނުން ކޮށްފައެވެ.

ޚާއްސާ ކެއުމެއް ބޭނުން ކުރި ދިޝާންތް ވަނީ ގަވައިދުން ކަސްރަތު ކުރާކަމަށް ވެސް ބުނެފައެވެ. އެގޮތުން ހަފްތާއަކު ހަތަރު ދުވަހު ކަސްރަތު ކުރާ ކަމަށާއި، ބަންދު ދުވަސްތަކުގައި ބެޑްމިންޓަން ކުޅޭކަމަށް ވެސް އޭނާގެ އިންޓަވިއުގައި ބުންޏެވެ.

ޑރ. ދިޝާންތް މަލިކު ގެ ވާހަކައިގައި އޭނާ ބުނިގޮތުން ނަމަ، ހިކެން ކުރާ މަސައްކަތަކީ ވަރަށް އުނދަގޫ އަދި ބުރަ މަސައްކަތެއް ކަމަށެވެ. ނަމަވެސް ރަނގަޅު އަޒުމެއްގައި ހުރެއްޖެއްޔާ ކާމިޔަބުވެސް ވާނެ ކަމަށް އޭނާ ގެ ވާހަކަ ނިންމާލަމުން ބުންޏެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދުއްލާ

    ތިޔައީ ވެދާނެ ކަމެއް .އެއީ 15 ދުވަހުން 3.6 ކިލޯ ،މިދިޔަ ރަމަޒާންމަހު މައްކާގަ ހުރގެން 15 ދުވަހުން 5 ކިލޯ ލުއިވި