ބޭނުންވާތެކެތި:

2 އަލުވި (ފެނުކައްކާފައި)

ބޯންލެސް ޗިކެން (ފެނުކައްކާފައި)

1 ސަމްސާ ލޮނު

1 ސަމްސާ އަސޭމިރުސް

1 ސަމްސާ ޖިލީ ޕަޢުޑަރ

1 ސަމްސާ ދިރި ޕައުޑަރ

ފިޔާ ( 3 ސަމްސާ އަށް ވާވަރަށް ކުދި ކޮށް ކޮށާފައި

1 ލޮނުމަދު (ގަނާފައި)

ކެޕްސިކަމް (2 ސަމްސާ އަށް ވާވަރަށް ކުދިކޮށް ކޮށާފައި)

ކޮރިއެންޑާ (1 ސަމްސާ އަށް ވާވަރަށް ކޮށާފައި)

2 ސަމްސާ ފުށް

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ އަލުވި އަދި ކުކުޅު އަޅާލުމަށްފަހު ރަގަޅަށް މޮޑެލާނީއެވެ. އެއަށްފަހު އޭގެތެރެއަށް ލޮނު. އަސޭމިރުސް، ޖިލީ ޕައުޑަރ، ދިރި ޕައުޑަރ، ފިޔާ، ލޮނުމެދު، ކެޕްސިކަމް ކޮރިއެންޑާ އަދި ފުށް އަޅާލުމަށް ފަހު ރަނގަޅަށް މޮޑޭނީއެވެ. އަދި މޮޑުނު މަސްގަނޑުން އެތި ކޮޅު ނަގާ ޑޯނަޓް ހެން ހަދާނީއެވެ. ދެން އެއަށްފަހު ޑޯނަޓް ބޭރުގައި ބިސް އަދި ބެރެޑްކްރަމްޕްސް ލާނީއެވެ. ދެން އެ ތެލުލުމުން ޗިކެން ޑޯނަޓް ތައްޔާރުކުރެވުނީއެވެ.