އުމުރުން ދުވަސްވުމުން އިންސާނާގެ ހަށިގަނޑަށް ބަދަލުތަކެއް އަންނާނެއެވެ. މި ބަދަލުތަކުގެ ސަބަބުން ހަށިގަނޑުގެ ބާރު ދަށްވެ، ހެލިފެލިވެ އުޅުމަށް އުނދަގޫވެއެވެ. ހަމައެހެންމެ، އެހެން ގޮތްގޮތުންވެސް ޖިސްމާނީ ބާރު ދަށްވެ، ނަފްސާނީ ގޮތުންވެސް ބަލިކަށިވުމަށް މަގުފަހިވެއެވެ.

އެހެންނަމަވެސް، އުމުރުން ދުވަސްވިކަމުގައިވިޔަސް، މި ބަދަލުތަކުގެ އަސަރު ނުކުރާ މީހުން އުޅެއެވެ. އެގޮތުން، މިއީވެސް އޭގެތެރެއިން އެކަކެވެ.

ނިއު ޒިލެންޑުގެ އޯކްލަންޑަށް ނިސްބަތްވާ އުމުރުން 103 އަހަރުގެ ހެޒެލް ބައުޑާ އަކީ އުމުރުން ދުވަސްވިކަމުގައިވިޔަސް، އެއުމުރުގެ އެހެން މީހުންނާ އަޅާ ބަލާއިރު ގިނައިން ހެލިފެލިވެ އުޅޭ، ނުވަތަ ގަދަފަދަ ކަމާއެކު އުޅެމުންދާ މީހެކެވެ. އަދިވެސް ރަނގަޅަށް ހިނގެއެވެ. ނަށާ ވެހިކަލް ދުއްވާވެސް ހަދައެވެ.

މީގެއިތުރުން، އޭނާގެ ދެން އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ ކޮންމެ ހަފްތާއަކުވެސް ބޮޑު ބާގާއެއް ކެއުމެވެ. އޭގެން ހަށިގަނޑަށް ގެއްލުންތަކެއް ލިބުނުކަމުގައިވިޔަސް، މި އުމުރުގައި ކޮންމެ ހަފްތާއަކުވެސް އޭނާ ބާގާއެއް ކައެވެ. އެގޮތުން، ހެޒެލް އެންމެ ގިނައިން ކަނީވެސް އެންމެ ބޮޑެތި ބާގާތަކެވެ.

އޯކްލަންޑުގައި ހުންނަ މެކް ޑޮނަލްޑްގެ އައުޓެލެޓަކުން އޭނާ، އެތަނުގެ ބިގް މެކް ބާގާ ކާއިރު، އެ އައުޓްލެޓުންވެސް ފާހަގަކުރާ ގޮތުގައި އެއީ އެތަނުގެ އެންމެ ޒަމާންވީ އެއް ކަސްޓަމަރެވެ.