ދެކުނު ކޮރެޔާގެ ލަވަކިޔާ ގުރޫޕަކުން ބޮލީވުޑު ފިލުމެއްގެ ލަވައެެއް ކިޔާ ވީޑިއޯއަކަށް ގިނަ ބައެއްގެ ސަމާލުކަން ލިިބިއްޖެއެވެ.

ދެކުނު ކޮރެޔާގެ ލަވަކިޔާ ގުރޫޕެއް ކަމުގައިވާ މެމްބަރސް އޮފް ދަ ނެޝަނަލް ޓީމު ނުވަތަ މޮންޓު ގުރޫޕުން ބޮލީވުޑު ފިލުމެއް ކަމުގައިވާ ''ޖަބް ހެރީ މެޓް ސޭޖަލް'' ގެ 'ހަވާއޭ'' މި ލަވަ ކިޔާ ވީޑިއޯއެއް މީސް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. ދަ މިޔުޒިކަލް ސްޓްރިންގްސްގެ އިންސްޓަގުރާމު ޕޭޖުގައި ހިއްސާކޮށްފައިވާ މި ވީޑިއޯއަށް ވަނީ ގިނަ ބައެއްގެ ސަމާލުކަން ލިބިފައެވެ.

ދަ މިޔުޒިކަލް ސްޓްރިންސް އިން މި ވީޑިއޯ ހިއްސާކޮށް ބުނެފައިވަނީ އެމީހުންނަށް ރަނގަޅަށް ހިންދީ ވާހަކަދައްކަން ނޭނގުނު ނަމަވެސް އެ ލަވަ ކިޔައިދީފައިވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ.


ބޮލީވުޑުގެ ފިލުމު ޑައިރެކްޓަރ އިމްތިޔާޒް އަލީ ވަނީ އިންސްޓަގުރާމުގައި ރީޕޯސްޓްކޮށްފައެވެ. އަދި މޮންޓް ގުރޫޕުން މި ލަވަ ކިޔައިދީފައިވަނީ ވަރަށް ފުރިހަމައަށް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޝާހުރުކް ޚާނާއި އަނުޝްކާ ޝަރުމާ ކުޅެފައިވާ މި ލަވަ ކިޔައިދީފައިވަނީ އަރްޖީތު ސިންގްއެވެ. އަރުޖީތު ސިންގް މި ލަވަކިޔައިދީފައިވަނީ ވަރަށް ފުރިހަމަ އަށެވެ. މޮންޓް ގުރޫޕުން ވެސް މި ލަވަ ކިޔައިދީފައިވަނީ އެހާމެ ފުރިހަމައަށެވެ.

ތިން މެމްބަރުން ހިމެނޭ މޮންޓް ގުރޫޕަކީ ވެސް ކޭޕޮޕް ދުނިޔޭގައި ފާހަގަ ކޮށްލެވޭ ހުނަރުވެރި ގުރޫޕެކެވެ.