ލަޔަންސްގޭޓްގެ "ދަ ހިޓް މޭންސް ވައިވްސް ބޮޑީގާޑް" ބޮކްސް އޮފީހުގެ އެއްވަނަ ހޯދައިފި އެވެ.

50 މިލިއަން ޑޮލަރު ހަރަދުކޮށް އުފައްދާފައިވާ މި ފިލްމުގެ މައިގަނޑު ތަރިންގެ ގޮތުގައި ފެނިގެންދަނީ ރަޔަން ރެނޮލްޑްސް، ސެމުއެލް އެލް ޖެކްސަން އަދި ސަލްމާ ހަޔެކް އެވެ.

3,331 ސިނަމާއެއްގައި މި ފިލްމު ދައްކާފައިވާއިރު މިއީ އެކްޝަން ކޮމެޑީ ފިލްމެކެވެ. 2017 ވަނަ އަހަރު ނުކުތް 'ދަ ހިޓްމޭންސް ބޮޑީގާޑް' ގެ ފޮލޯއަޕް އަކަށް މި ފިލްމުވާއިރު ފުރަތަމަ ނެރުނު ފިލްމަށްވެސް ހީނުކުރާވަރުގެ ބޮޑު ތަރުހީބެއް ލިބުނެވެ.

'ދަ ހިޓްމޭންސް ބޮޑީގާޑް' އަކީ 69 މިލިއަން ޑޮލަރު ހަރަދުކޮށްގެން އުފައްދާފައިވާ ފިލްމެކެވެ.

މިހަފްތާތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެއް ފިލްމަކީ 'ގޮޑްޒިއްލާ ވާސެސް ކޮންގް' އެވެ. މި ފިލްމަށް ދުނިޔޭގެ އެކި ހިސާބުތަކުން 442.5 މިލިއަން ޑޮލަރު ލިބިފައި ވެއެވެ.

ލަޔަންސްގޭޓްގެ އިން އުފައްދާފައިވާ ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި ބްލައިންޑް ސައިޑެޑް:ދަ ގޭމް، ވެނޮމް، ފާސްޓް އެންޑް ފިއުރިއަސް، ބްލެކް ވިޑޯ، ދަ ހަންގާ ގޭމްސް، އެމެރިކަން ސައިކޯ، ރަން ހިމެނެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ބައެއް ފިލްމުތައް ރިލީސް ކުރުން ލަސްވެ ބައެއް ފިލްމުތައް އެއްކޮށް ހުއްޓިފައިވި ދުވަސްކޮޅެއްވެސް ދިޔަ އެވެ. ނަމަވެސް ކޮވިޑްގެ ހާލަތު ކުރިޔަށްވުރެ ރަނގަޅުވުމާއި އެކު ހުއްޓިފައިވާ ފިލްމުތައް ކުރިޔަށް ގެންގޮސް ގިނަ ފިލްމުތަކެއް ދަނީ ރިލީޒް ކުރަމުންނެވެ.