ބަނޑަށް ހަ މަސް ނުވަނީސް ވިހައިގެން ދިރިހުރި ކުއްޖާގެ ރެކޯޑް ހެދި ރިޗާޑްގެ އުމުރުުން މިހާރު އެއް އަހަރު ފުރިއްޖެއެވެ. ރިޗާޑްއަކީ ދުވަސް ނުފުރާ ވިހެއި ކުދިންގެ ތެރެއިން މިހާރު ގައިނެސް ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ކުއްޖެކެވެ. ވިހެއި ފަހުން ރިޗާޑް ދުނިޔޭގައި އޮންނާނެ ކަމަށް އެއްވެސް ވަރަކަށް އުއްމީދެއް ނުކުރެއެވެ. ޑޮކްޓަރުން ދިނީ 0% އެވެ.

އެމެރިކާއަށް ނިސްބަތްވާ ބެތް ހުޗިސަންގެ ދަރިފުޅު، ރިޗާޑްއަކީ ނަސީބުގަދަ ކުއްޖެކެވެ. ބެތް ވިހަން ދީފައި ވާ ތާރީހަަށްވުރެއެތައް މަސް ތަކެއް ކުރިން އޭނަ ވިހެއީ ސިއްހީ މައްސަލަތަކެއް ކުރިމަތިވެގެންނެވެ. އޭނާ ވިހަން ޑޮކްޓަރުން އަސްލު ދިން ތާރީހަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުއެވެ. އޭނާ ވިހާފައި ވަނީ ވިހަން ދީފައިވާ ތާރީީހަށްވުރެ އެތައް މަހެއްގެ ކުރިއަށެވެ. ސިއްހީ މައްސަލަތަކެއް ދިމާވެ، ކުއްލިއަކަށް ވިއްސުވަން ޖެހުުނީ ޑޮކްޓަރުން، ބެތްގެ ފިރިމީހާ ރިކްއަށް ހުރިހާ ކަމެއް ކިޔައިދީގެންނެވެ. އިތުރު އެއްވެސް ގޮތެއް ނެތިގެން ކަމަަށްވެއެވެ. ރިޗާޑް ވިހެއުމާއެކު ދެން ޑޮކްޓަރުން މަސައްކަތް ކުރީ އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވެން އޮތް މަސައްކަތެއް ކުރުމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު، ބަނޑަށް 21 ހަފްތާއާ ދެ ދުވަސް ވެފައި ވަނިކޮށް ރިޗާޑް ވިހެއިއިރު، އެއިރު އޭނާ ކުޑަކަމުން އަތްތިލަ މައްޗަށް ލެވޭ ވަރު ވެއެވެ. އޭނާ ވިހާފައި ވަނީ ވިހަން ޖެހޭ ދުވަހަށް ވުރެ 131 ދުވަސް ކުރިއަށެވެ. އެއިރު އޭނާ ވިހެއި އިރު ހުރީ 340ގްރާމެއެވެ.

އެ ކުއްޖާ ވިހެއި ނަމަވެސް ޑޮކްޓަރުން ތިބީ އުއްމީދު ކަނޑައިގެންނެވެ. އަދި އެ ކުއްޖާގެ މައިންބަފައިންނަށް ކައުންސެލިންގވެސް ދޭން ފެށިއެވެ.

"ޑޮކްޓާރުންނަށް އެނގުނު ފުރަތަމަ ހަފްތާވެސް ރިޗާޑްގެ ދިރިއުޅުން އުނދަގޫވާނެކަން، ނަމަވެސް އަހަރެންގެ ހިތައް އެރި ރިޗާޑް މިކަމުން އަރައިގެނެއްޖެނަމަ އޭނާއަކީ ދުނިޔޭގައި ހުރި ދުވަސް ނުފުރާ ވިހެއި އެންމެ ހަގު ކުއްޖާއަށް ވާނެކަމަށް".ޗިލްޑްރެންސް މިނޮސެޓާ ހޮސްޕިޓަލްގެ ނިއޮނެޓޮލަޖިސްޓް ޑރ. ސްޓޭސީ ކެރްން ރިޗާޑް ބުނެފައި ވެއެވެ.

ރިޗާޑްގެ ފުރަތަމަ އުފަން ދުވަސް މި މަސް ތެރޭގައި ފާހަގޮށްފައިވާއިރު، ދުނިޔޭގެ ރެކޯޑް ހަދައި، މިހާރު ވަނީ އޮފިޝަލްކޮށް، އެކަން ރެކޯޑް ފޮތުގައި ލިޔެފައެވެ.

ބެތް ބުނީ، ރެކޯޑް ފޮތުން ޖާގަ ލިބުމުން އެކަމާއި ވަރަށް އުފާވެ، އަދި އެހާމެ ސަޕްރައިޒިންގ ކަމަށެެވެ.

މީގެ ކުރިން އެ ރެކޯޑް އޮތީ ކެނެޑާއަށް ނިސްބަތްވާ ޖޭމްސް އަތުގައެވެ. ޖޭމްސް ވިހާފައި ވަނީ ބަނޑަށް 21 ހަފްތާ އާއި ފަސް ދުވަސްވީ ފަހުންނެވެ. އޭނާ ވިހާފައި ވަނީ 1987 ވަނަ އަހަރުގެ މެއި މަހުގެ 20 ވަނަ ދުވަހުއެވެ.