އިންޑިއާގެ އެންމެ މަޝްހޫރު އެއް ފަންނާނު ކަމުގައިވާ ޝާހުރުކް ޚާންގެ ޕާޓީއެއްގައި ބައެއް ކުރިކެޓް ކުޅުންތެރިންނާއި ބޮލީވުޑު ފަންނާނުންގެ އަނބިން ޑުރަގު ބޭނުން ކުރި ކަމަށް ބަތަލާ ޝެރްލީ ޗޯޕްރާ ބުނެފިއެވެ.
ޝެރްލީ ބުނެފައިވާ ގޮތުގައި ޝާހުރުކް ޚާންގެ ޓީމު ކަމުގައިވާ ކޮލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) ޓީމާއި އެހެން ޓީމަކާއި ވާދަކުރާ މެޗެއް ބަލައިލުމަށް ކޮލްކަތާއަށް ކުރި ދަތުރުގައި މެޗަށް ފަހު ބޭއްވުނު ޝާހުރުކް ޚާންގެ ޕާޓީއެއްގައި އޭނާ ބައިވެރިވިއެވެ.
މި ޕާޓީގެ ތެރެއިން އޭނާއަށް ފެނުނު މަންޒަރުތަކުން އޭނާއަށް އާދެވުނީ އަންނަން ނުވާވަރުގެ ޕާޓީއަކަށް ކަމަށް ވެސް ޝެރްލީ ބުނެފައިވެއެވެ.
މި ޕާޓީގެ ތެރޭގައި ބައެއް ކުރިކެޓް ކުޅުންތެރިންނާއި ބޮލީވުޑުގެ ބައެއް ފަންނާނުން އަދި ވަކީން ހާއްސަކޮށް އެމީހުންގެ އަނބިން، ޕާޓީ ބޭއްވި ތަނުގެ ފާހާނާގައި ކޮކެއިން ފަދަ ބާވަތްތައް ބޭނުން ކުރި ކަމަށް ވެސް ބުނެފައިވެއެވެ.
މި ޕާޓީގައި މަސްތުވާތަކެތި ބޭނުންކުރި އެންމެން ވެސް އޭނާ އަށް އެނގޭ ކަމަށާއި ނަމަވެސް އެއިން އެއްވެސް މީހެއްގެ ނަން އަދި ހާމައެއް ނުކުރާނެ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މި މީހުންގެ ނަން ޝޭރްލީ ހާމަކުރާނީ ބަޔާން ދިނުމަށް ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ރަސްމީކޮށް އޭނާއަށް އެންގުމުންނެވެ.
މި ޕާޓީން އަވަހަށް ނިކުންނަށް ބޭނުންވި ޝޭރްލީ ބުނި ގޮތުގައި ޕާޓީގައި މަސްތުވާ ތަކެތި ބޭނުން ކުރި މީހުންދެކެ އޭނާ ހިތްހަމަ ނުޖެހުނު ނަމަވެސް އެމީހުންގެ ހިނިތުންވުންތަކަށް ހިނިތުންވުމަކުން ޖަވާބުދާރީވެފައިވާނެ ކަމަށެވެ.
ޝޭރްލީ އެތަނުގައި އެހާ ގިނަ އިރު ވަންދެން މަޑުކޮށްފައިނުވާ ކަމަށްވެއެވެ.
ޝާހުރުކު ޚާނުމެން ވަކި ތިތަކެތި ނުބޯނެކަމުގައި ދެކިގެން ނުވާނެ.