ކުޅަދާނަ ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ ދެވަނަ ކުއްޖަކަށް ބަލިވެއިންކަން ހާމަކޮށްފި އެވެ.

ކާޑީ ބީ ދެވަނަ ކުއްޖަކަށް ބަލިވެއިންކަން ހާމަކޮށްފައި ވަނީ 2021 ގެ ބެޓް އެވޯޑް ހަފްލާގައި އެވެ. އޭނާ ވަނީ އިންސްޓަގްރާމުގައިވެސް ބަލިވެއިންކަން ހާމަކޮށްފައި އެވެ.

28 އަހަރުގެ ކާޑީ ބީ އާއި އޮފްސެޓް ބައްދަލުވީ 2017 ވަނަ އަހަރުގައި އެވެ. އަދި އެ އަހަރުގެ ސެޕްޓެމްބަރު މަހު ވަރަށް ސިއްރުން ދެތަރިން ކައިވެނި ކުރިއެވެ.

ކާޑީ ބީ އާއި އޮފްސެޓް އަށް ފުރަތަމަ ކުއްޖަކު ލިބުނީ 2018 ވަނަ އަހަރުގެ ޖުލައި މަހު އެވެ. ފުރަތަމަ ކުއްޖާއަށް ކިޔާފައިވާ ނަމަކީ ކަލްޗާ ކިޔާރީ ސީފަސް އެވެ.

ކާޑީ ބީގެ ފިރިމީހާ އޮފްސެޓް މީގެ ކުރިން ކުރި ކައިވެންޏަކަށް ތިން ކުދިން ލިބިފައި ވެއެވެ. އެއީ ހައަހަރުގެ ދެކުދިންނާއި 11 އަހަރުގެ ކުއްޖެކެވެ.

ފާއިތުވި މަސްތަކުގައި ކާޑީ ބީގެ ޚަބަރެއް މީޑިއާއަކަށް ނުވެއެވެ.

ބެޓް އެވޯޑް އަކީ ބްލެކް އެންޓަޓައިންމެންޓް ޓެލެވިޒަން ނެޓްވޯކް އިން 2001 ވަނަ އަހަރުން ފެށިގެން އަންނަ އެމެރިކަން އެވޯޑް ޝޯ އެކެވެ. މި އެވޯޑް ޝޯގައި އެފްރިކަން އެމެރިކަންގެ މިއުޒިކް ކުޅޭ ފަންނާނުންނާއި ކުޅިވަރުގެ އިތުރުން އެހެނިހެން މުނިފޫހި ފިލުވުމުގެ ދާއިރާތަކުގައި ފާހަގަ ކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަން ކުރާނެ އެވެ.

މި އަހަރުގެ ބެޓް އެވޯޑް ގައި މަޝްހޫރު ގިނަ ފަންނާނުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ބްރޫނޯ މާސް، ކްލޯއީ ބެއިލޭ، މެގަން ތީ ސްޓޭލިއަން ފަދަ ފަންނާނުން ހިމެނެއެވެ.

ކާޑީ ބީ ބަލިވެއިންކަން ހާމަކުރި ނަމަވެސް އޭނާ ވިހާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކާޑީޗީ

    އަޅޭ ކާޑީބީ ކީއްވެތަ ވިހާނެ ދުވަސް ނުބުނީ. މަގޭ ހާދަ ދެރައެއް ވެއްޖެއޭ. ކާޑީބީ ދެން ތިންވަނަ ކުއްޖާ ހޯދަން އުޅޭނީ ކޮން އިރަކުންތަ ކާޑީބީ.
    ކާޑީބީ ރޭގަ ނިދަން އޮތީ ބަތްކައިގެންތަ

    3
    1
    • އޭބީސީޑީ

      ކެކެކެކެ....

  2. ކޭ

    މިމީހުން ވަރިއެއް ނުވޭތަ.