"މަރުވެފައިވާ" ކަމަށް އިންޑިއާ ސަރުކާރުން ނިންމާފައިވާ މީހަކު ދެވަނަ ފަހަރަށް އޭނާގެ އަނބިމީހާއާއި ކައިވެނި ކުރުމަށް ނިންމައިފިއެވެ.

އެގައުމުގެ ސަރުކާރުން ލާލް ބިހާރީ މަރުވެފައިވާ ކަމަށް ނިންމާފައިވަނީ 1994 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ. އޭނާ އަލުން "އުފަން ވެފައިވާ" ކަމަށް ސަރުކާރުގެ ރިކޯޑުތަކުން ދައްކާފައިވަނީ މީގެ 27 އަހަރު ކުރިންނެވެ.

އޭނާ ބުނީ، އޭނާގެ 56 އަހަރުގެ އަނބިމީހާ ކަރްމީ ދޭވީ އާއި އޭނާ އާއި ކައިވެނި ކުރަން ނިންމާފައިވަނީ އަންނަ އަހަރު ކަމަށެވެ. އެއީ އޭނާ އަލަށް އުފަންވިތާ 28 އަހަރު ފުރާ އަހަރު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ލާލް ބިހާރީގެ ތިން ދަރިން ތިބެއެވެ. އެއީ ދެ އަންހެން ކުދިންނާއި އެއް ފިރިހެން ކުއްޖެކެވެ. އެ ހުރިހާ ކުދިން ވެސް މިހާރު ތިބެނީ ކައިވެނިކޮށްގެން ކަމަށް އޭނާ ވަނީ ބުނެފައެވެ.

އޭނާ ބުނީ، އުމުރުން 66 އަހަރުގައި އޭނާގެ އަނބިމީހާއާއި ދެވަނަ ފަހަރަށް ކައިވެނި ކުރަން ނިންމާފައިވަނީ ގިނަ ބަޔަކު އޭނާ އަކީ މަރުވެފައިވާ މީހެއް ކަމަށް ބުނެފައިވާތީ އެފަރާތްތަކުން ހައިރާން ކުރުމަށް ކަމަށެވެ.

ދެވަނަ ފަހަރަށް އޭނާ އުފަން ވެފައިވާކަމަށް ބުނެފައިވީ ނަމަވެސް، އެކަމުގައި ގޮންޖެހުންތަކެއް ހުރިކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އެއީ ސަރުކާރުން އޭނާ މަރުވެފައިވާ ކަމަށް ނިންމުމުން އެ ނަމުގެ ފަހަތަށް މަރުވެފައިވާ މީހެއްކަން އަންގައިދޭ ބަހެއް އިތުރު ކުރުން ޖެހުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު