އިންޑިއާއަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ފިރިހެނަކު އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކާއި ކައިވެނި ކުރަން އުޅުނު މައްސަލަގައި ގިނަބަޔަކު ހައްޔަރުކޮށްފިއެވެ.

މިކަން ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައި އިންޑިއާގެ އުއްތަރްޕްރަދޭޝްގެ ގާތް ބިޖްރީ ވިލޭޖްގައެވެ.

ފުލުހުން އެ ސަރަހައްދަށް އައިސްފައި ވަނީ އާއްމުންގެ ބަޔަކު އެކަން އެންގުމުންނެވެ. އެއިރު އެ ކައިވެނީގެ ކަންކަން ވަނީ ފަށާފައެވެ. ފުލުހުން ވަގުތުން ގޮސް އެ ކައިވެނި ހުއްޓުވިއިރު، ފިރިހެން މީހާ އާއި އެ ޕާޓީގައި ތިބި ގިނަބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ފުލުހުން ވަނީ އެ މައްސަލަ އިތުރަށް ބަލާނެ ކަން ކަށަވަރުކޮށްފައެވެ. އަދި މިއީ ހިއުމަން ޓްރެފިކިންގ މައްސަލައެއް ކަމަށްވެސް ބުނެފައި ވެއެވެ.

އެ އަންހެން ކުއްޖާއަކީ ޓްރިބަލް ކޮމިއުނިޓީއަށް ނިސްބަތްވާ ކުއްޖެކެވެ. އަދި ފިރިހެން މީހާއަކީ އެހެން ކޮމިނިޓީއަކަށް ނިސްބަތްވާ މީހަކަށްވާއިރު، އެފަދަ ކައިވެންޏަކީ އާއްމު ކުރާ ކައިވެނި ނޫން ކަމަށް ވެއެވެ. އެ ކުއްޖާގެ އާއިލާ އެ ކުއްޖާ ކައިވެނި ކުރުމަށް އެ މީހާއަށް ދީފައި ވަނީ 100،000 ރުޕީސްއަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާއިރު، މި މައްސަަލާގައި ހިމެނޭ އެންމެންނާއި މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި ވެެއެވެ.

ކިޔުންތެރިންގެ ހިޔާލު