ގިނަ ބައެއްގެ މެދުގައި މަޝްހޫރުވި ފިލްމު، "365 ޑޭސް" އިން މަގުބޫލުކަން ހޯދި މިޝޭލް މޮރޯންއަކީ އޭނާގެ ސިފައިގެ ސަބަބުން ބޮޑު މަޝްހޫރު ކަމެއް ލިބުނު މީހެކެވެ. އިޓަލީ އަށް ނިސްބަތްވާ މި ފަންނާނަކީ ލަވަ ކިޔުމާއި މޮޑެލް ކުރުމުގެ އިތުރުން އެކްޓިންގެ ދާއިރާ އިން ފާހަގަކޮށްލެވޭ މޫނެކެވެ.

މިހާރު 365 ޑޭސް ދޭއްގެ މަސައްކަތުގައި އަވަދިނެތި އުޅޭ މިޝޭލް އޭނާގެ ހުރިހާ ހުސް ވަގުތެއްހެން ހޭދަކުރަނީ އޭނާގެ ފެޝަން ލައިން ކުރިއެރުވުމުގައެވެ. 365 ޑޭސްގައި މައިކެލް އަދާ ކުރަނީ ކުށުގެ ވެށީގައި ދިރިއުޅޭ ފިރިހެނެއްގެ ރޯލެވެ. އެއީ މާސިމޯގެ ރޯލެވެ. އޭނާ އަކީ ގޭންގެއްގެ އެންމެ އިސް މީހާއެވެ.

ކޮންމެއަކަސް މިޝޭލް އަށް ލިބުނު ބޮޑު މަޝްހޫރު ކަމަށް ފަހު އޭނާ އަށް ވަރަށް ގިނަ ހުށަހެޅުންތައް ލިބުނެވެ. ޕޮލިޝް އަދި އިޓަލިއަން ފިލްމްތަކުން މިހާތަނަށް ފެނުނު މައިކެލް އަށް ހޮލީވުޑް އާއި ބޮލީވުޑްގެ ހުށަހެޅުންތައް ވަނީ ލިބިފައެވެ.

ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރު ވެސް ވަނީ މައިކެލް ބޮލީވުޑް އިން ފެންނަން ބޭނުންވާކަން ހާމަކޮށްފައެވެ. އެއާ އެކު މިޝޭލް ބޮލީވުޑުން ފެންނާނެ ކަމުގެ އުންމީދުގައި ތިބި އެތައް ބަޔަކު އެބަ ތިއްބެވެ.

މިޝޭލް ބޮލީވުޑުން ފެނިދާނެތޯ އެހާ ހިސާބުން އެތައް ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. މިޝޭލް ވަނީ އެ ސުވާލުގެ ޖަވާބު އޭނާ އިންޑިއާގެ މީޑިއާ އަކަށް އިންޓަވިއުއެއްގައި ދީފައެވެ. އޭނާ ބުނީ ބޮލީވުޑްގެ ދެތިން ޕްރޮޑިއުސަރަކު އޭނާ އަށް ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށެވެ.

ބޮލީވުޑަކީ އޭނާ ވެސް ވަރަށް ޝައުގުވެރިވާ އިންޑަސްޓްރީ އެއް ކަމަށާ ބޮލީވުޑްގެ ބައެއް ލަވަތައް ވެސް އަޑު އަހާ ކަމަށް އޭނާ ވަނީ ބުނެފައެވެ. މިހާރު އިންތިޒާރުކުރަނީ ރަނގަޅު ސްކްރިޕްޓަކަށް ކަމަށާއި ރަނގަޅު ސްކްރިޕްޓެއް ލިބުނުހާ އަވަހަކަށް ސޮއިކުރަން ތައްޔާރަށް ހުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު