މިސްރުގައި މީހަކު ވޯލްޑްކަޕް ބަލަން އިންދާ މުޅި އާއިލާ މާރާލައިފިއެވެ.

މިމަހު 19 ވަނަ ދުވަހު މި ހާދިސާ ހިންގީ ވޯލްޑް ކަޕްގައި މިސްރާއި ރަޝިއާ ބައްދައްލުކުރި މެޗު ކުރިއަށް ދިޔަ ވަގުތުގައެވެ.

އާއީލާގެ ތިން މެންބަރުން އެމީހުން ދިރިއުޅޭ އެޕާޓްމެންޓް ގައި މަރާލި އިރު އެ މީހުންގެ ބައްޕަ ހުރީ ކައިރި ކޮޕީ ޝޮޕެއްގައި މިސްރާއި ރަޝިއާ ބައްދަލުކުރި މެޗް ބަލާށެވެ.

ފުލުހުން ބުނެފައިވަނީ މިހާދިސާގައި އުމުރުން 38 އަހަރުގެ އަންހެނުން މަރާލީ ކަރުގައި ސްކާފެއް އައްސައިގެން ކަމަށެވެ. އަދި އޭނާގެ ކުޑަ ދެ އަންހެން ކުދިންގެ ތެރެއިން އުމުރުން 14 އަހަރުގެ ދަރިފުޅު މަރާލީ ފޯނުގެ ވާގަޑުން ކަރުގައި އައްސައިގެން ނެވެ. އަދި އުމުރުން 12 އަހަރުގެ ދަރިފުޅު މަރާލީ މޫނުމަތީ ގައި ބާލިސް އަޅައި ނޭވާ ހާސްކޮަށްގެންނެވެ.

މެޗް ބަލާ ނިމުމަށްފަހު ފިރިމީހާ ގެޔަށް އައި އިރު މުޅި އާއިލާ މަރާލާފައި އޮއްވާ ފެނުނު ގިނަ އަދަދެއްގެ ޑޮލަރު ހުރި ފޮއްޓެވެސް ވަނީ ވަގަށް ނަގާފައެވެ.

ފުލުހުން މިހާދިސާ ތަހުގީގު ކުރަމުންދާއިރު ސީސީޓީވީ ކެމެރާއިން ފެންނަ ގޮތުގައި މިހާދިސާ ހިންގި ވަގުތު އަންހެނަކާއި ފިރިހެނަކު އެ އާއިލާ ދިރިއުޅޭ އެޕާޓްމެންޓް އަށް ވަންނަތަން ފެނެއެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި މި ހާދިސާ ހިނގި އިރު މަގުމަތީގައި އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެންމެންވެސް ތިބީ ވޯލްޑްކަޕް ބެލުމުގައި ކަމަށާއި މިއީ ދުރާލާ ރޭވިގެން ކުރިކަމެއް ކަމަށް ފުލުހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މީ

    ސޭޑް.. ވޯލްޑް ކަޕް ވިޔަސް ގެއްލިގެން ނުވާނެ އެއަށް އަޅުގަނޑުމެން.. ކޮން ފައިދާއެއްވަނީ އަސްލްދޯ؟ މާތްﷲ މަތިން ހަނދުމަ ނެތި ކުރާ ކޮންމެކަމަކާ ދުރުވާންޖެހޭނެ ان شاء الله ވެވުނު މިންވަރަކުން.. ދުނިޔަވީ އެއްވެސް ކަމަކައް ގެއްލިގެން ނުވާނެ ހަލާކާ ކުރިމަތިލާން ޖެހިދާނެ.. استغفر الله.. ޔާﷲ އަޅަމެނައް ހެޔޮވިސްނުން ދެއްވަވާ ދެދުނިޔޭގެ ބާއްޖަވެރިންކަން ދެއްވަވާށި امين