މީސްމީޑިއާ އާއި އެކު އެކަކު އަނެކެއްގެ ދިރިއުޅުމުގެ ކަންކަން ހޯދާ ބެލުންމިވަނީ ވަރަށް ފަސޭހަވެފައެވެ. އެއީ މީރު އެއްޗެއް ކެއްކިޔަސް، ދެރަވިޔަސް މަޖާ ކަމެއް ދިމާވިޔަސް، އާ ސްޓައިލެއް އަޖުމަ ބަލާލިޔަސް މީސްމީޑިއާއިން އެކަން އެނގެން އޮންނާތީއެވެ. ހަމަ މިއާއި އެކު ތަފާތު އެކި ޓްރެންޑްތައް ހިންގުމުގައި ވެސް އެންމެ މަގްބޫލް އެއް ޕްލެޓްފޯމަކީ މީސްމީޑިއާއެވެ.

ޚާއްސަކޮށް ކޮވިޑް-19 އާއި އެކު ގޭގައި ގިނަ ވަގުތު ތިބެން މަޖުބޫރުވުމުން މިފަދަ ޗެލެންޖުތައް ވަނީ އާއްމުވެފައެވެ. އެގޮތުން ތަރިން މަޖަލަކަށް ފަސާ ކަންކަން ނިކަން ފަސޭހައިން ޓްރެންޑަކަށް ބަދަލުވާކަން ފާޙަގަކޮށްލެވެއެވެ. މިފަހަރު މިއޮތީ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ އަދި ބަތަލާ އަނުޝްކާ ޝަރްމާގެ ފިރިމީހާ ވިރާތް ކޮލީގެ ޗެލެންޖެކެވެ.

ވިރާތް ވަނީ ކްރިކެޓް ބެޓް 15 ސިކުންތުވަންދެން ބެލެންސް ކުރާ ޗެލެންޖެއް ފަށާފައެވެ. އެ ޖެލެންޖުގައި ވިރާތުގެ އަނބިމީހާ އަނުޝްކާ ޝަރުމާވެސް ވަނީ ބައިވެރިވެފައެވެ. މިއާއި އެކި އިންޑިއާގައި ގެންގުޅޭ ޓިކްތޮކް ފަދަ އެކައުންޓެއް ކަމަށްވާ ޓަކްޓަކް އިން އެތައް ބަޔަކަށް މި ޗެލެންޖް ފެނި އެ ޗެލެންޖުގައި ވަނީ ބައިވެރިވާން ފަށާފައެވެ.

މީގެ ކުރިން ތަފާތު އުދަނގޫ ޑާންސް ޗެލެންޖުތަކާއި، ސާފުކުރުމުގެ ޗެލެންޖް އަދި މި ނޫނަސް އެކި ކަހަލަ ޗެލެންޖްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އިންޑިއާ އަކީ ފަންނާނުން ފަށާ މިފަދަ ޗެލެންޖުތައް އެންމެ ފަސޭހައިން ވައިގައި ހިފާ އެއް ގައުމެވެ. ސަބަބަކީ ތަރިންނާއި ފަންނާނުން އަދި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އެތްލީޓުންގެ ފޭންބޭސް ބޮޑުވުމެވެ.