ބިގްބޮސް އިން މަޝްހޫރުކަން ހޯދި ހިމާންޝީ ޚުރާނާއަކީ ބިގް ބޮސް އިން މަޝްހޫރުކަން ހޯދި ފަންނާނެކެވެ. އަދި އޭނާގެ ރީތިކަމުގެ ސަބަބުން ވަރަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. ނަމަވެސް ހިމާންޝީގެ ރީތި ކަމަކީ ގުދުރަތީ ރީތިކަމެއް ނޫން ކަމަށް ބުނެ އޭނާ އަށް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. އެގޮތުން އޭނާ ވަނީ ލިޕްފިލާ ސާޖަރީ ހަދާފައި ކަމަށް ފޭނުން ވަނީ ތުހުމަތުކޮށްފައެވެ.

ހިމާންޝީ ޚުރާނާ ވަނީ އޭނާ ލިޕްފިލާ ސާޖަރީ ހެދި ކަމަށް ބުނާ ބުނުން ދޮގުކޮށްފައެވެ. އޭނާ ބުނީ އޭނާގެ ތުންފަތަކީ އޭނާގެ މަންމަގެ ތުންފަތާއި އެއްގޮތް ތުންފަތެއް ކަމަށެވެ. އެހެންކަމުން އޭނާ އަށް ލިބިފައިވާ ރީތިކަމަކީ ގުދުރަތީ ރީތި ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

މި ހަފްތާ ބަންދާ ދިމާކޮށް ބޭއްވި ޕްރޮގްރާމެއްގައި ފޭނަކު ވަނީ އޭނާ ލިޕްފިލާއާ ނުލާ ފޮޓޯ އެއް އަޕްލޯޑްކުރާނީ ކޮންއިރަކުންތޯ ސުވާލުކޮށްފައެވެ. ޖަވާބުގައި ހިމާންޝީ ވަނީ އޭނާ ބައެއް ފަހަރު މޭކަޕްކުރާ ގޮތުން އޭނާގެ ތުންފަތް ބޮޑުކަމަށް ހީވެދާނެ ކަމަށް ބުނެފައެވެ.

"އަހަރެން މޭކަޕް ކުރާ އިރު ލިޕްލައިނާ އަޅަން ވަރަށް ބޮޑަށް. އެހެންވީމަ ހީވެދާނެ އަހަރެން ލިޕްފިލާ ހެދީއޭ. އެކަމަކު އެއީ ހަގީގަތެއް ނޫން. މިއީ މަންމަ ފަރާތު މީހުންނަކީ ތުންފަތް ބޮޑު ބައެއް. މިއީ ހަމަ ގުދުރަތީ ސިފަތަކެއް." އޭނާ ވަނީ ބުނެފައެވެ.

ހިމާންޝީ ވަނީ އޭނާގެ އިތުރު ވީޑިއޯ ލަވައެއް ރިލީޒްކުރަން ތައްޔާރުވެފައެވެ. ޕަންޖާބަށް ނިސްބަތްވާ ހިމާންޝީ އަކީ ބޮޑު ފޭންބޭސް އެއް އޮތް ފަންނާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ެރައީ

    ހަމަ އަސްލު ވެސް ހިމާންޟީ އަކީ ރީތި ކުއްޖެއް❤️