ބައެއް ގައުމުތަކުގައި ދަރިންނަށް 18 ފުރުމާއެކު މަންމަ އާއި ބައްޕަ ހަރަދު ކުރުން ހުއްޓާލާނެއެވެ. މަންމަ އާއި ބައްޕަ ދިރިއުޅޭ ގޭގައިވެސް ނޫޅެވޭނެއެވެ. ހުރިހާކަމެއް ކުރަން ޖެހޭނީ އަމިއްލައަށެވެ.

މިއީ މަންމަ އާއި ބައްޕަގެ ގޭގައި ދިރިއުޅެމުންދިޔަ 30 އަހަރުގެ މީހަކަށް މަންމަ އާއި ބައްޕަ ކަންތައް ކުރިގޮތެެވެ.

މައިކަލް ނަމަކަށް ކިޔާ އެ މީހާ ކުރިން އުޅެމުން ދިޔައީ މަންމަ އާއި ބައްޕަގެ ގޭގައި ނޫނެވެ. އޭނާ އުޅުނީ ވަޒީފާއެއްގައެވެ. އަމިއްލަ އެޕާޓްމެންޓެއްގައެވެ. ނަމަވެސް އޭނާގެ ވަޒީފާ ގެއްލި އެންމެ ފަހުން ދިރިއުޅުން ބަދަލުކުރީ މަންމަ އާއި ބައްޕަގެ ގެއަށެވެ.

އެގޭގައި އޭނާ އުޅެމުންދާތާ ވަރަށް ދުވަސްވެއްޖެއެވެ. ވަޒީފާއެއް ހޯދަން މަސައްކަތް ކުރި ނަމަވެސް ލިބޭގޮތް ނުވިއެވެ. އޭނާ އެގޭގައި އުޅޭއިރު، މަންމަ އާއި ބައްޕައަށް އެހީތެރިިއެއް ނުވެއެވެ. ކަރަންޓް ބިލާއި ފެން ބިލްތަކަށް ފައިސާ ނުދައްކައެވެ.

މަންމަ އާއި ބައްޕަ ދީގެން ކައިގެން ބޮއެގެން އޭނާ އުޅެމުންދިޔައިރު، އެކަމާއި، އޭނާގެ މަންމަ އާއި ބައްޕަ ހިތްހަމަނުޖެހިގެން ދެ ފަހަރެއްގެ މަތިން އޭނާއަށް ސިޓީވެސް ފޮނުވިއެވެ. އަދި ފައިސާވެސް ދިނެވެ. ފައިސާ ދިނީ އެހެން އެޕާޓްމެންޓަކަށް ބަދަލު އަމިއްްލައަށް އުޅުމަށެވެ. އޭނާ އެ ފައިސާތައް ނެގި ނަމަވެސް އެގެއިން ގޮސްފައެއް ނުވެއެވެ.

އެންމެ ފަހުން އެކަންތައް ބޮޑުވެގެން މައިކަލްގެ މަންމަ އާއި ބައްޕަ އެ މައްސަލަ ވެއްދީ އަވަށު ކޯޓަށެވެ. އެ ކޯޓުން އެދެނީ އެ މައްސަލަ ސްޕްރީމް ކޯޓަށް ވެއްދުމަށެވެ.

ކޯޓުން އެ މައްސަލަ ނިންމީ މައިކަލްގެ މައިންބަފައިންނާއި އެއްކޮޅަށެވެ. ފުރަތަމަ ފަޑިޔާރު ބުނީ، އެގެއިން އޭނާ ވަގުތުން ދިޔުމަށެވެ. ނަމަވެސް ފަހުން ފަޑިޔާރު ވަނީ މައިކަލް އެގޭގައި އިތުރު ހަ މަސްވަންދެން ހުރެވިދާނެކަމަށް ބުނެފައެވެ. އެއީ މައިކަލްއަށް ވަޒީފާއަކާއި ވަންނާނެ ގެއެއް ލިބެން ދެންނެވެ.

މައިކަލްް ބުނީ، އޭނާގެ ވިސްނުން ހުރީ އެގެއަށްގޮސް އޭނާގެ އެއްޗެހި ނަގައިގެން ދިޔުން ކަމުގައިވިޔަސް، އޭނާ ދާނެ ހަދާނެ އިތުރު ގޮތެއް ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ?

    ﷲ އަކްބަރް