ދުބާއީގެ ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނުނު ކުރީގެ ބްރިޓިޝް ބޮކްސިންގ ޗެމްޕިއަންގެ ކްރިސްޓޮފާ އެއުބޭންކްގެ ދަރިފުޅު ސެބަސްޓިއަން އެއުބޭންކްގެ މަރާއިއެކު އާއިލާ މިހާރު ދަނީ ހިތާމަ ކުރަމުންނެވެ.

އޭނާ މަރުވެފައި އޮއްވާ ފެނުނީ ދުބާއީ ގޮނޑުދޮށުގައެވެ. އޭނާ މަރުވެފައި ވަނީ 30 އަހަރުވާން ކައިރިވެފައި ވަނިކޮށެެވެ. އަދި އޭނާ އަލަށް ބައްޕައަކަށް ވެފައި ވަނީވެސް ދާދި ފަހުންނެވެ.

ސެބް ގެ ނަމުގައި ގިނަބަޔަކު ދަންނަ ސެބަސްޓިއަންއަކީ އޭނާގެ ބައްޕަ، ކްރިސްގެ ފިޔަވަޅުގެ ފަހަތުން ބޮކްސިިންގގައި ވިދަން ފެށި ތަރިއެކެވެ. އަދި އޭނާގެ ބޭބެ ކްރިސް އެއުންބޭކް ޖޭއާރްއަކީވެސް ބޮކްސިންގގެ ތެރޭގައި އުޅޭ މީހެކެވެ.

އަބޫދާބީގައި މިދިޔަ އަހަރު ބޭއްވި މިކްސްޑް މާޝިއަލް އާޓްސް އިވެންޓެއްގައި ސެބް ވަނީ ވަނަ ހޯދާފައެވެ.

އޭނާގެ ބޭބެ ވަނީ އެ ކުއްލި މަރާއެކު ހިތާމަކޮށް ޓްވީޓްކޮށްފައެވެ.

"އަހަރެންގެ ބޭބެއަކީ ތަފާތު ހާއްސަ މީހެއް، އަބަދުވެސް އޭނާއަށް ވުރެ އެހެން މީހުން އިސް ކުރާ މީހެއް، ހުނަރުވެރިއެއް. ބޮކްސިންގ އާއި އެމްއެމްއޭގެ އިތުުރުން، މުއުޒިކް އާއި ކޯޗިންގ އަދި ކެއްކުމުގައިވެސް އޭނާއަކީ ފާހަގަކޮށްލެވޭ މީހެއް. އޭނާގެ އެންމެ ހާއްސަކަމަކީ އެހެން މީހުންނަށް އެހީވުން".

މީގެ އިތުރުން ކްރިސް ވަނީ އޭނާ ހިތާމައިން ފޯވެފައިވާ ކަމަށް ބުނެފައެވެ.

"އަހަރެން ނުރޮން އަހަރެންނަށް 12 އަހަރު ފުރުނު ފަހުން، އެކަމަކު އިއްޔެ އަހަރެން މުޅި ދުވަހު ރުއިން، އަހަރެންނަށް މައާފް ކުރޭ ބޭބެއެއްގެ ގޮތުގައި އަހަރެން ދޭން ޖެހޭ އެއްބާރުލުން ނުދެވުނީމަ، ގަބޫލެއްވެސް ނުކުރެވޭ ކޮއްކޮ މިި ދުނިޔޭގައި ނެތްކަމެއް. އަހަރެން ވަރަށް ހަނދާން ވާން، ވަރަށް ލޯބިވޭ". އޭނާގެ ޓްވީޓްގައި ވެއެވެ.

ކްރިސް ޖޭއާރްއަކީވެސް ބޮކްސިންގގައި އަރަމުން އަންނަ މީހެކެވެ.