ކޮލޮރާޑޯގެ ޖަލެއްގައި ބަންދުކޮށްފައި ހުރި ޖޭމްސް ކިޔާ މީހަކު މިދިޔަ ހަފްތާގައި ޖަލުން ދޫކޮށް މިނިވަން ކުރިއެވެ. ޖޭމްސް ދޫކޮށްލާފައިވާކަން ޖަލު އޮފިޝަލުން އެންގުމުން ވެސް އެއީ ގޯހެއް ކަން ޖޭމްސް އަށް އެނގެއެވެ. އެއީ އޭނާގެ ޖަލު ޙުކުމުގެ މުއްދަތު ހަމަނުވާތީއެވެ.

ނަމަވެސް އެވާހަކަ އެވަގުތު ބުނާކަށް ޖޭމްސް ބޭނުމެއް ނުވިއެވެ. ޖޭމްސް ބޭނުންވީ ޖަލުން ނިކުމެ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މިނިވަންކަމުގެ ނޭވާ ލާށެވެ.

ޖަލުން ދޫކޮށްލުމުން ޖޭމްސް ދިޔައީ އޭނާގެ އަނބިމީހާ ދެކިލުމަށް ގެއަށެވެ.

އަނބިމީހާ ކައިރިއަށް ދިޔަ ނަމަވެސް ޖޭމްސް އަށް ޔަގީންވާ ކަމަކީ އޭނާ ޖަލުން ދޫކޮށްލެވުނީ އޮޅުމަކުން ކަން ކަމާބެހޭ ފަރާތްތަކަށް އެނގުމުން ވަގުތުން އޭނާ ހޯދުމުގެ މަސައްކަތް ފަށާނެއެވެ. އެހެންކަމުން އަނބިމީހާ ކައިރީގައި ހުންނާކަށް ޖޭމްސް ބޭނުމެއް ނުވިއެވެ.

ދެގަޑިއިރު ޖޭމްސް އަނބިމީހާ ކައިރީ ހޭދަކުރުމަށް ފަހު ވަނީ އެނބުރި ޖަލަށް ގޮސް، ޖަލު ބަލަހައްޓާ މީހުންނާއި ހަވާލުވެފައެވެ. އަދި އޭނާ ޖަލުން ދޫކޮށްލާފައި ވަނީ އޮޅުމަކުން ކަން އެންމީހުން ކައިރީ ބުންޏެވެ.

ޖަލު ބަލަހައްޓާ މީހުން ވެސް ވަނީ ޖޭމްސް ދޫކޮށްލެވުނީ އޮޅުމަކުން ކަމަށް އިއުތިރާފްވެފައެވެ. އަދި އެމައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުން ގެންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު