އިންޑިއާގެ އުއްތަރްޕްރަދޭޝް އަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ އަންހެނަކު، ކުޑައިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހަކާއި ދެކޮޅަށް އާއިލާއިން މަޖުބޫރުކޮށްގެން ރޭޕްގެ އިލްޒާމް އަޅުވައިގެން، ޖަލަށް ލާފައި ވަނިކޮށް ކައިވެނިކޮށްފިއެވެ.

އެ ޒުވާނާއަށް 18 އަހަރު ފުރުނީ މާރިޗް މަސް ތެރޭގައެވެ. އޭގެ ދެ އަހަރު ކުރިން އޭނާއަށް އުމުރުން 16 އަހަރުގައި މައިންބަފައިން އޭނާއަށް މަޖުބޫރުކޮށް، އޭނާއަށް ބިރުދައްކާ، އެއިރު ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާ އޭނާ ރަހީނުކޮށް ރޭޕް ކުރި ކަމަށް ބުނެފައި ވެއެވެ. އަދި އެ ބަޔާން ދިން ފަހުން އެ ޒުވާނާ ހައްޔަރު ކުރިއެވެ. އޭނާ ހައްޔަރުކޮށް ޖަލުގައި ނުވަ މަސް ދުވަސް ހޭދަކުރި ފަހުން ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލީ މިދިޔަ އަހަރުގެ މާރިޗް މަސް ތެރޭގައެވެ.

ޚުޝީ ޕަތަކް ނަމަކަށް ކިޔާ އެ ޒުވާނާއަށް 18 ފުރުނީ މާރިޗް 31 ވަނަ ދުވަހުއެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ވަރުން އަގްރަވަލް 20އ، އަކީ އެއްވެސް ކުށެއް ކޮށްފައި ނުވާ މީހެއް ކަމަށް ބުނެ ކޯޓުގައިި ޙުޝީ ވަނީ ބަޔާން ދީފައެވެ.

މައިންބަފައިންގެ މަޖުބޫރުކޮށްގެން ދުރުވި އެ ދެ ލޯބިވެރިން ކައިވެނިކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

ހުޝީ ބުނެފައިވާގޮތުގައި އޭނާ އާއި ވަރުން އާ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅެން ފެށީ ގްރޭޑް 10 އިން ފެށިގެންނެވެ. އަދި އެމީހުން ދިމާވީ 2017 ވަނަ އަހަރު ކޯޗިންގ ކްލާހުން ކަމަށް ބުނެފައި ވެއެވެ.

އަދި އެއިރު ލޯބިވެރިޔާއާ އާ ދެކޮޅަށް މައްސަލަ ޖެއްސީ 2019 ވަނަ އަހަރު ދެ މީހުން އެކުގައި ފެނިގެން މައިންބަފައިން މަޖުބޫރުކޮށްގެން ކަމަށް އޭނާ ބުންޏެވެ. އަދި އެއިރު މައިންބަފައިން އޭނާ ބްލެކްމެއިލްކޮށްފައި ވަނީ، ވަރުން އާ ދެކޮޅަށް ބަޔާން ނުދީފިނަމަ އަމިއްލަ މަރުވާނެ ކަމަށް ބުނެއެވެ.

މިހާރު ހުޝީ އޭނާގެ ފިރިމީހާ ކައިރިއަށް ބަދަލުވެފައިވާއިރު، އޭނާ ކައިވެނި ކުރުމުގެ ކުރިން ވަނީ ފުލުހުން އެ މީހުންނަށް ރައްކާތެރިކަން ދިނުމަށްވެސް އެދިފައެވެ.

"އަހަރެން ބިރުގަނޭ އަހަރެންގެ ބޮޑުބޭބެއިން އަހަރެން ކައިރިއަށް އައިސް އަހަރެން މަރާލަފާނެތީ، ރޭގެ ވަގުތެއްގައިވެސް އެ މީހުން އަހަރެންގެ ފިރިމީހާގެ ގެއަށް އައިސް އަހަރެންނާއި ފިރިމީހާއަށް އިންޒާރު ދިން". އާއިލާއާ ދެކޮޅަށް މައްސަލަ ހުށަނާޅާނެ ކަމަށް ބުނާ ޙުޝީ ބުންޏެވެ.

"އަޅުގަނޑުމެން ފަހުން ގުޅުން ނުބާއްވަން، އެއީ އަހަރެންގެ ގާނޫނީ ވަކީލް ބުނީ، އަނެއްކާ އަހަރުމެން ބައްދަލު ކުރަން ފަށައިފިނަމަ މައްސަލަ އަހަރެންނާއި ދެކޮޅަށް ނިމި އަނބުރާ ޖަލަށް ލާފާނެ ކަމުގެ ބިރަށް". 2019 ވަނަ އަހަރުގެ ތެރޭގައި ލޯބިވެރިޔާ ރޭޕް ކުރި ކަމަށް ބުނާ މައްސަލާގައި ހައްޔަރު ކުރި ވަރުން ބުންޏެވެ.

ވަރުން ބުނީ، ހުޝީ އޭނާއަށް ގުޅައި ބައްދަލުކޮށް، އެ މައްސަލަ ކޯޓުން ނަގަން ދިޔަ ކަމަށެވެ. އަދި އޭގެ ފަހުން ދެ މީހުންގެ ގުޅުން ފެށި ކަމަށް ބުންޏެވެ.

އެންމެ ފަހުން މައްސަލަ ނިމި ދެ މީހުންގެ ގުޅުން މި ވަނީ އަލުން ފެށިފައެވެ. އޭނާ ވަނީ މައިންބަފައިންގެ ގެއަށް ނުދާނެ ކަމަށް ބުނެފައެވެ.

ޙުޝީ ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް އޮގަސްޓް ދޭއްގައި ފަށާނެއެވެ.

ކިޔުންތެރިންގެ ހިޔާލު