ރާއްޖޭގެ މަޝްހޫރު ޒުވާން ލަވަކިޔުންތެރިޔާ ބަތޫލް އަހްމަދު ގެންގުޅުނު ބުޅާ މަރުވެއްޖެއެވެ.
ބަތޫލް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ ބުޅާ ދުނިޔެއާ ވަކިވުމާ ގުޅިގެން އޭނާއަށް އަސަރު ކޮށްފައިވާ ވަރު ހާމަކޮށްފައެވެ. ބުޅަލާއި އެކުގައި ހޭދަކޮށްފައިވާ ވަގުތުތަކުގެ ވާހަކަ އެ ޕޯސްޓުގައި ބަތޫލް ވަނީ ހިމަނައިފައެވެ. އަދި އޭނާގެ ސްޓޯރީގައި ބުޅަލުގެ ފޮޓޯއެއް ވެސް އާންމުކޮށްފައިވެއެވެ.
ބަތޫލް އެ ބުޅަލަށް ދީފައިވާ ނަމަކީ "އައިރިސް"އެވެ.
"މިހާރު އަހަންނަށް އިހުސާސްމިވާ ގޮތެއް ބަހުން ކިޔައިދޭކަށް ނޭނގެ، ވަރަށް ދެރަވޭ. އެންމެ ފުރަތަމަ އަހަންނަށް އެ ބުޅާ ލިބުނު ދުވަސް އަދިވެސް އިއްޔެ ހިނގި ކަމެއްހެން ހަނދާން އެބަހުރި. އެ ބުޅާ ގެނައި ދުވަހުން ފެށިގެން އަހަރެންގެ ހަޔާތުގައި އުފާވެރި ވަގުތުތަކެއް ބުޅަލާ އެކު ހޭދަވި. ހެނދުނު ހޭލެވެނީ ވެސް ބުޅަލުގެ މިއައު އަޑުން. ކޮންމެ ދުވަހެއް ވެސް ނިމިދާއިރު އެންމެ ފުރިހަމަ ވަގުތަކީ ބުޅަލާ އެކުގައި ހޭދަވާ ވަގުތު" ބަތޫލްގެ ޕޯސްޓުގައިވެއެވެ.
ބަތޫލް ގެންގުޅެމުން އައި ބުޅާ މަރުވެފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
ބަތޫލް ބުނީ ބުޅާ ސަލާމަތްކޮށްދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް އޭނާ ކޮށްފައިވާ ކަމަށެވެ. ޖަނަވާރުންނަށް ފަރުވާދިނުމަށް ހާއްސަ ޑޮކްޓަރަކާއި ސިއްހީ އެހީތެރިކަން ލިބުނު ނަމަ އެ ބުޅާ ސަލަާމަތް ކުރެވިދާނެ ކަމަށް ބަތޫލް ގަބޫލުކުރެއެވެ.
އެކަމަކު، އެ ބުޅަލަށް ވީ ގޮތެއް ބަތޫލް ކިޔައި ދީފައެއް ނުވެއެވެ.
ބުޅަލާ އެކުގައި ހޭދަވި ވަގުތުތަކުގެ ތެރެއިން އެންމެ ހަނދާންވާ ކަމަށް ބަތޫލް ބުނެފައިވަނީ އޭނާ ފާހަނައަށް ދާއިރު ފަހަތުން ބުޅާ އަންނަ ވަގުތާއި، ބުޅަލުގައި ބައްދާލައިގެން އެ ހުންނަ ވަގުތާއި، ކާން ފެށުމުން ބަތޫލް ކަނީ ކޯއްޗެއްތޯ ބަލަން ބުޅާ އެ އަންނަ އައުން ކަމަށެވެ.
ދެން ލަވައެއް ކިޔާލާފަ ނިއްމާލާ
ޗަޕާސް
އަސްލައްމަރުވީ
ކެތްތެރިކަން މާތް ﷲ ބަތޫލ އަށް ދެއްވާށި.
އަމިއްލަ މަރު މަތިން ހަދާން ވާނަމަ ހެޔޮއަމަލު ގިނަކުރާނެ
ލޮލް. ލޮލް
ބެތޫލް މެން ކުދިން ޖަނަވާރުން ދެކެ ލޯބި ވުމަކީ މަމެން އުފާކުރާ ކަމެ އް .. ދެން ބަކަރި އެއ އް ހޯ އްދަވާ
ޢެބުޅަލަކީ ހަޔާތުގެ ބައިވެރިޔާތޯ.ވަރަށް ރަނގަޅު ބުޅަލެއް.ބަތޫލު ބޭނުންވާ ހުރިހާ ކަމެއްކޮއްދޭ.