މީހާގެ ހަށިގަނޑަށް ގެންނަ ބަދަލުގެ ސަބަބުން އަންހެން ކުއްޖަކު ސެޓް ކުރުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ހާއްސަކޮށް ގިނަ އަންހެނުން ބޮޑަށް ގަޔާ ވަނީ ވެސް ހަށިގަނޑު ރީތިކޮށް ހުންނަ ފިރިހެނުންނެވެ. ހާއްސަކޮށް ބަނޑުގެ މަސްތައް ބައިބަޔަށް ބަހާލައި ގޮޅިގޮޅި އަރުވާލީމަ އަންހެން ކުދިން ނިކަން ފިރިހެނުންނަށް ހިތް ކިޔައެވެ. އެކަމަކު، ސިކްސް ޕެކް ނުވަތަ ބަނޑަށް ހަ ގޮޅި އެރުވުމަކީ ފަސޭހަ ކަމެއް ނޫނެވެ.

ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޑްވޭން ޖޯންސަނަކީ ރީތި ހަށިގަނޑެއްގެ ވެރިއެކެވެ. އޭނާގެ ހަށިގަނޑު ބިޔަވެފައި، އާންމުން އަޅައިގަންނަ ގޮތެއް ހުރެއެވެ. އެކަމަކު، އޭނާގެ ހަށިގަނޑުން އެއް ކަމެއް ފާހަގަ ކުރެވޭނެއެވެ.

ހަށިގަނޑުގައި ކިތަންމެ ވަރަކަށް މަސް ޖަހާފައި ހުއްޓަސް، ސިކްސް ޕެކެއް ނުހުރެއެވެ. ރެސްލިން ހުނަރު ވެސް ހުރި އަދި "ދަ ރޮކް" ގެ ނަމުން މަޝްހޫރު ޑްވޭން ޖޯންސަން ވަނީ އޭނާގެ ހަށިގަނޑު ސިކްސް ޕެކް ނުހުންނަ ސަބަބު ކިޔައި ދީފައެވެ.

ދާދި ފަހުން ޑްވޭން ޖޯންސަން ދިން އިންޓަވިއުއެއްގައި ސިކްސް ޕެކް ނުހުއްޓަސް ފަހެއް ބައި ނުވަތަ ހަތަރެއް ބައި ޕެކް ހުރުމަށް ޝައުގުވެރިވާ ކަމަށެވެ. އެކަމަކު، އެކަން ކުރެވެން ނެތީ ރެސްލިން މެޗެއްގައި ލިބުނު އަނިޔާއަކާ ގުޅިގެން ކަމަށް އޭނާ ބުންޏެވެ.

"ހަގީގަތުގައި ދިމާވެގެން އުޅޭ މައްސަލައެއް ގިނަ މީހުންނަކަށް ނޭނގޭ. ރެސްލިން މެޗެއް ކުޅެނިކޮށް އަހަރެއްގެ ޅިނދު ކަށިގަނޑު ނެއްޓުނީ. އެހެންވެ އަހަރެން ޖެހުނީ އިމަޖެންސީ ސާޖަރީއެއްކުރަން ނެއްޓުނު ބައި ގުޅުވަން،" ޑްވޭން ޖޯންސަން ކިޔައި ދިނެވެ.

އެހެންވެ، އެމެރިކާ އަށް އުފަން އެކްޓަރު ވަނީ ސިކްސް ޕެކް އެރުވުމުގެ ހިޔާލު ދޫކޮށްލައިފައެވެ.

ސިކްސް ޕެކަކީ ޖެނެޓިކްގެ ސަބަބުން ބައެއް މީހުންނަށް ހޯދުން އުނދަގޫ އެއްޗަކަށްވެސްވެއެވެ. ބައެއް މީހުންނަށް ސިކްސްޕެކް އަރުވަން ފަސޭހަވެފައި އަނެއްބައި މީހުންނަށް ސިކްސްޕެކް އަރުވަން އުނދަގޫވެއެވެ.

ސިކްސް ޕެކެއް އަރުވަން ތިން މަސް ދުވަހާއި އަހަރު ދުވަހާއި ދެމެދުގެ މުއްދަތެއް ނަގާނެ ކަމަށް ދާއިރާގެ ތަޖުރިބާކާރުން ބުނެއެވެ. އެކަމަކު، އެއީ ގަވައިދުން ކަސްރަތުކޮށް އުޅޭ ނަމައެވެ. އޭގެ ފަހުގައި ކެއުމަށް ސަމާލްކަން ދިނުން ވެސް މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު