އިންޑިއާގެ މަޝްހޫރު ތަރި ޓައިގާ ޝްރޮފް ދާދި ފަހުން ވަނީ އަރްބާޒް ޚާންގެ ޓޯކް ޝޯ ޕިންޗްގައި ބައިވެރިވެގެން ދިިރިއުޅުމުގެ އެތައް ވާހަކައެއް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި އޭނައަކީ ބިކުރެއްތޯ ނުވަތަ ނޫންތޯ ސާފްކޮށް ދީފައި ވެއެވެ.

އެ ޝޯގެ ތެރެއިން އަރްބާޒް ވަނީ ޓައިގާ ކައިރިން އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި މީހަކު ކޮށްފައިވާ ކޮމެންޓަށް ޖަވާބު ދިނުމަށް ހަނދާން ކޮށްދީފައެވެ. "ތިއީ ބިކުރެއްތޯ" ކޮށްފައިވާ އެ ސުވާލަށް ޓައިގާ ވަނީ އެ ޝޯގެ ތެރެއިން ޖަވާބު ދީފައެވެ.

އޭނާގެ މައިންބަފައިންވެސް އޭނާގެ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކުރާކަން ހާމަކުރަމުން އޭނާ ބުނީ، "އަހަރެންނަކީ ބިކުރެއް، ސަލްމާން ޚާން ގޮތަށް".

ޓައިގާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑުފެތުރިފައި ވަނީ ޑިޝާ ޕަޓާނީއާއެވެ.

 

View this post on Instagram

 

A post shared by Arbaaz Khan (@arbaazkhanofficial)

އޭނާ ސަލްމާން ޚާންގެ ނަން އެ ޕޯސްޓްގައި ބުނެފައިވާއިރު، ސަލްމާން އަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަ މާބޮޑަށް ހިއްސާ ކުރާ މީހެއް ނޫނެވެ. ސަލްމާން ބުނާގޮތުގައި، އޭނާއަކީ ބިކުރެކެވެ. އެކަން އޭނާ އެތައް ޝޯއެއްގެ ތެރެއިން ބުނެފައި ވެއެވެ.

ސަލްމާން އަކީ މަަޝްހޫރު ތަރިންނާއި ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހެކެވެ. ކަރަން ޖޯހަރްގެ ކޮފީ ވިތް ކަރަން ޝޯގައި އޭނާ ބުނެފައި ވަނީ، އޭނާގެ ފްރެންޑް ވިތް ބެނިފިޓްއެއް ނުހުންނާނެ ކަމަށާއި، އޭނާ ހުރީ އޭނާއާ ކައިވެނި ކުރާ މީހަކަށް އެކަން ދޫކޮށްލައިގެން ކަމަށެވެ.

ސަލްމާންއަށް މިހާރު އުމުރުން 55 ފުރިފައިވާއިރު، އޭނާ ދުވަހަކު ކައިވެނިކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޭ

    ގަބޫލެއް ނުކުރެވޭނެ ހާއްސަކޮށް ފިރިހެނަކު ބުނީމަ.

  2. Anonymous

    މަވެސް ސަލުމާނު ގޮތައް ބިކުރެއް އެކަމަކު ދަރިއެއް އެބަހުރި މިހާރު ލިބިފަ.