މަދުވެގެން މަހަކު 21 ފަހަރު ދެމަފިރިކަމުގެ ގުޅުން ހިންގާނަމަ ޕްރޮސްޓޭޓް ކެންސަރާއި ދުރުވާކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ހަވާޑް ޔުނިވަރސިޓީގެ ސައިންސްވެރިން 32،000 ފިރިހެނުންގެ މައުލޫމާތު އެއްކޮށް ހެދި ދިރާސާ ދައްކާގޮތުން މަހެއްގެ މައްޗަށް މަދުވެގެން 21 ފަހަރު ދެމަފިރިކަމުގެ ގުޅުން ހިންގާނަމަ ކެންސަރު ބަލި ޖެހުމުގެ ފުރުސަތު ތިންބައިކުޅަ އެއްބައި މަދުވެއެވެ.
ދިރާސާގައި ބުނެފައިވާ ގޮތުގައި ދެމަފިރިކަމުގެ އެދުން ފުއްދުމުން ނިދުމަށް އުނދަގޫވާފަރާތްތަކަށް ނިދަން ފަސޭހަވެ ސްޓެސް ވުމުން ދުރުކޮށްދެއެވެ. އެއީ ކެންސަރު ޖެހުމުން ދުރުކޮށްދޭ ކަންކަމެވެ.
އެމެރިކަން ކެންސާ ސޮސައިޓީ އިން ބުނާގޮތުގައި އެމެރިކާގައި ހަމުގެ ކެންސަރަށްފަހު ދެން އެންމެ ގިނައިން ފިރިހެނުންނަށް ޖެހެނީ ޕްރޮސްޓޭޓް ކެންސަރެވެ. އެގޮތުން އެޤައުމުގެ ކޮންމެ އަށް މީހަކުންކުރެ އެކެއް އެމީހެއްގެ ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި ޕްރޮސްޓޭޓް ކެންސަރު ބައްޔަށް ފަރުވާހޯދަ އެވެ.
މި ހިންގާ 2021 ވަނަ އަހަރު 248،500 މީހުން ޕްރޮސްޓޭޓް ކެންސަރަށް ފަރުވާހޯދާނެ ކަމަށް އެމެރިކާއިން ވަނީ ލަފާކޮށްފައެވެ. 34،000 މީހުން މި ކެންސަރުބަލީގައި މަރުވާނެ ކަމަށް ބެލެވެއެވެ.
ޕްރޮސްޓޭޓް ކެންސަރަކީ ވަރަށް މަޑުމަޑުން ފެތުރޭ ބައްޔެކެވެ. މި ކެންސަރު ބަލި ކުރީކޮޅުގައި ފެނިއްޖެނަމަ ފަރުވާހޯދަން ފަސޭހަވެއެވެ. ޔޫއެސް އިން ކުރިޔަށް ގެންދިޔަ ސާވޭ ހަދާފައި ވަނީ 1992 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށެވެ.
މި ސާވޭގައި ބައިވެރިވި ފަރާތްތައް އެމީހުންގެ އުމުރުން 20 އަހަރުން ފެށިގެން 40 އަހަރުވަންދެން ދިރާސާކުރާ ފަރާތްތަކުން ބަލާފައި ވެއެވެ. އަދި އެފަރާތްތަކުން ކެއުމުގެ އާދަތަކާއި ކަސްރަތު ކުރާމިންވަރާއި ސްޓްރެސް ވާދުވަސްތައް އަދި ބަރުދަނަށް އަންނަ ބަދަލުތައްވެސް ދިރާސާގައި ބަލާފައި ވެއެވެ.
ކަލޯގަޔާ! ކިހިނެއް ތިކަންކުރާނީ؟ މަހެއްގެ 30 ދުވަހުގެ ތެރެއިން 7 ދުވަސް އެއީ ޔަގީނުންވެސް ތިކަން ނުކުރެވޭނެ 7 ދުވަސް. ބާކީ 23 ދުވަހުގެ ތެރެއިން 21 ފަހަރު ތިކަން ކުރަންވެއްޖެއްޔާ ހުރިހާކަމެއް ހުއްޓާލާފަ ތިކަމެންނު ކުރަންޖެހޭނީ.
3، 4 އަނބި ހުއްދަ ކުރައްވާފައިވަނީ ފައިދާހުރި ޙިކުމަތްތަކެއް ވާތީ އެވެ. މިކަން އަންހެންވެރިންނަށް ހަޖަމް ނުކުރެވުމަކީ އެންމެބޮޑު ނުރައްކަލެވެ.
އަނބިން އިތުރުކޮށްލާ!
ކަލޭ ތިކަމުގަ ކިތައް ގަޑިއިރުވޭ ހުރިހާކަމެއް ހުއްޓާފަ ކުރަން؟؟
އަސްލު މިދިރާސާގެ ބައިވެރިންނަކީ މުސްލިމްނޫން ބައެއްވީމަ އެމީހުން އެކަން ކޮއްދާނެ އަމިއްލައަށް ފުއްދައިން އަދި ޒިނޭކޮށްގެންވެސް. އިސްލާމުންނަށް މިކަންކަން ހަރާމްވީމަ ތަގްވާވެރި މުސްލިމުންނަށް އޮންނާނެ ހަމައެކަނި ގޮތަކީ ދެމަފިރިކަމުގެގުޅުން އަދި ކޮންމެމީހަކީ ދެއަނބިން ގެންގުޅެވޭނެ ފެންވަރު ހުންނާނެ ބައެއްނޫން.
ޒިނޭކުރުމަށް މަގުފަހިކުރުމަށް ލިޔެފަ އިން އާޓިކަލް އަކާ ވައްތަރު
ހަލާލް ގުޅުމަށް ޝައުގުވެރިކަމެއް ހުންނާނީވެސް އީމާންކަން އިތުރުކުރާ ބަޔަކުތާ. އެތަށް މަހެއްވާއިރުވެސް ތިކަންނުކުރެވުމުގެ ސަބަބުތަކެއް ލައްވަވާ އިމްތިހާނު ކުރައްވަވާއިރު ކެއްތެރިވޭ އެބަ ބައެއްމީހުން ކެންސަރެއް އެއްވެސް ބައްޔެއް މާތްﷲ ގެ ހެޔޮ ރަހުމަތްފުޅުން ނުޖެހޭ.
މިހެން ލިޔުމެއް ފެނިގެން މުސްލިމުން ދެރަވާކަށް ނުޖެހޭ ކެއްތެރިންނަށް އެންމެ ފުރިހަމަޔަށް ކޮންމެ ނިޢުމަތެއްވެސް ދެއްވަވަނީ. އެހެންވީމާ އަވަހަށް ހޭބަލިވުމުގެ ފައިދާއެއް ނެތް. އަލްހަމްދުލިﷲ ކޮންމެ ހާލެއްގަވެެސް