މެންދުރު ފަހުގެ ވަގުތެއްގައި ނިދުމަކީ ސިއްޙީ ގޮތުން ފައިދާ ހުރި ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީން ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ކޮންފަރެންސްގައި ހުށަހަޅާދިން ދިރާސާއެއްގައި ބުނެފައިވަނީ މެންދުރުފަހު ނިދާލުމަކީ ލޭގެ ޕްރެޝަރ ދަށް ކޮށްލުމަށް އެންމެ ރަނގަޅު ގޮތް ކަމަށެވެ. އަދި މިގޮތަށް ކަންތައް ކޮށްފިނަމަ، މީހާގެ އުމުރު ދިގުވާނެ ކަމަށްވެސް މިދިރާސާގައި ބުނެފައިވެއެވެ.

މިދިރާސާގައި އިތުރަށް ބުނެފައިވަނީ މިގޮތަށް ދުވާލުގެ މެންދުރު ފަހުގައި ނިދާލުމަކީ ސްޓްރެސް ދަށްވާ ކަމެއް ކަމަށާއި މެންދުރު ކެއުމަށް ފަހު ނިދާލުމުން އިންސާނާގެ ހަށިގަނޑު ކަންކަން ކުރުމަށް ރަނގަޅަށް ފަރިތަވާ ކަމަށެވެ. އަދި ވަޒީފާއެއްގައި އުޅޭނަމަ މިގޮތަށް ކަންތައް ކޮށްފިނަމަ، ވަޒީފާގެ މާހަލުގައި ނަތީޖާ ނެރުމަށް އިތުރު ފުރުސަތު ތަކެއް ލިބިގެން ދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިދިރާސާ ހަދާފައިވަނީ 2210 މީހުން ބޭނުންކޮށްގެނެވެ.

ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ މެންދުރުފަހު ނިދާނަމަ ރަނގަޅަށް ނިދާލެވޭ ގޮތައް މީހާ ތައްޔާރުވުމުން މުހިއްމު ކަމަށެވެ. އެގޮތުން މެންދުރުގެ ކެއުމުގައި ރަނގަޅު ކާނާ ހިމެނުމަށާއި ނިދަން އޮންނަ އިރު ފޯނުގެ އުނދަގުލެއް ނުފޯރާ ގޮތައް ކަންކަން ކޮށްފައި ބެހެއްޓުމުގެ މުހިއްމުކަން ފާހަގަ ކޮށްފައި ވެއެވެ.

މެންދުރުގެ ކެއުމަށް ފަހު ނިދާލުމަކީ އިންސާނުން މީގެ އެތައް ހާސް އަހަރެއް ކުރިން ފެށިގެން ވެސް ކުރަމުން އަންނަ ކަމެއް ކަމަށް ތާރީޚީ ލިޔެކިޔުންތަކުން ދައްކައެވެ. މިހާރު ވެސް އެންމެ ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުން އުޅޭ ނަތީޖާ އެންމެ ރަނގަޅަށް ނެރޭ ޗައިނާ، އަދި ޖަޕާން، ޓައިވާން ފަދަ ގައުމުތަކުގައި ބޮޑެތި ކުންފުނިތަކުގެ މުވައްޒަފުން ވެސް މެންދުރު ފަހު ކޮންމެވެސް ވަރަކަށް ނިދާލަން ކުންފުނިތަކުގެ މެނޭޖްމަންޓުން ބާރުއަޅައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާލަސް

    މީ މީގެ މާކުރިން ސުންނަތުގަ އައިސްފަ އޮތްކަމެކޭ ޖަހާލިނަަމަ ދޯ

    28
    1
  2. ނަންރީތި

    ބަލަ ތިޔަ ކަން މީގެ 1400 އަހަރުކުރިން ވަނީ އެނގިފަ ތަޖްރިބާކޮއްފައި މިއަދު މިއިނގެނީ މުސްލިމުން އުޅެމުންދާގޮއްތަކަކީ އިންސާނިއްޔަތައް ފައިދާ ހުރި ކަންތައް ތައްކަން މުސްލިމުންނައް އެނގެނީ ސުންނަތުންނާއި ހަދީސްފުޅުތަކުން

    21
    1
  3. ނނނ

    ބައްލަވާ ނޫރު ސޫރަތުގެ 58 މާނަ

    17
    1
  4. ޙަސަނުލް

    އެއީ ސުންނަތެއް ނަބިއްޔާ ޞައްލަﷲ ޢަލައިވަސައްލަމް ޤަވާއިދުން ކުރެއްވެވި ކަމެއް މިހާރުވެސް މި ރާާއްޖޭގެ ގިނަބަޔަކު ކުރާކަމެއް

    21
    1
  5. ޙަލީ

    މީގެ 1400 އަހަރުކުރިން މެންދުރުފަހު އަރާމްކޮއްލުމުގެ މުހިއްމުކަން އިސްލާމްދީނުގައި ވަނީ އަންގަވާފައި

    20
    1
  6. އައްމަޑޭ

    ނޫސްވެރިޔާއަށް ތިކަން އެނގުނީ ބަޔަކު ކުރި ދިރާސާއަކުން. ނޫސްވެރިޔާއަށް މީގެ 14 ގަރުނު ކުރިން ރަސޫލާ ސއވ ގެ ދޫފުޅުން ތިކަން ބަޔާން ކުރައްވާފައިވާ ކަމެއް ނޭނގެ؟!

    20
    1
  7. ބާޖު

    ނޫރު ސޫރަތުގެ 58 ވަނަ އާޔަތުން މެންދުރުފަހު ނިދަން އަންގަވާފައެއް ނުވޭ! އަންގަވާފަ އޮތީ އެހެން 3 ކަމެއްގެ ވާހަކަ!

    • ޔޫސުފް

      ރަނގަޅަށް ކިޔާލުމުން އެގޮތަށް ދޭހަވޭ...