އެމެރިކާގެ ލޫސިއާނާގައި ހުރި ޗައިނީސް ރެސްޓޯރެންޓަކުން ކެއުމަކަށް އޯޑަރު ކުރި އަންހެނަކަށް ގެނައި ކާއެއްޗެހި ތައްޔާރުކޮށްފައި ހުރީ އެންމެ ރަނގަޅަށް ނޫންކަމަށް ބުނެ ރެސްޓޯރެންޓްގެ ވެރިޔާގެ ކާރަށް އަންހެން މީހާ ވަރަށް ބޮޑަށް ގެއްލުން ދީފިއެވެ.

ފުލުހުން ބުނީ "ކާއެއްޗެހި ނުބައި ވުމުން" 20 އަހަރުގެ އަންހެނެއް ކަމަށްވާ ޖޭސްމިން ތޮމްސަން ވަނީ ރެސްޓޯރެންޓްގެ ވެރިޔާގެ ކާރަށް ގެއްލުންދީ، ކާރު އިތުރަށް ބޭނުން ނުކުރެވޭ ވަރު ކޮށްލާފައެވެ.

ޖޭސްމިންގެ އަތުގައި އޮތް ބެޓަކުން ކާރަށް ގެއްލުން ދިނުމަށް ފަހު އޭނާ ވަނީ އޭނާގެ ކާރުން ރެސްޓޯރެންޓް ވެރިމީހާގެ ކާރުގައި ޖައްސާ އެކާރަށް ވަރަށް ބޮޑަށް ގެއްލުން ދީފައެވެ.

ރެސްޓޯރެންޓް ވެރިޔާގެ ކާރަށް ތޮމްސަން ގެއްލުން ދިނީ ރެސްޓޯރެންޓްގެ މުވައްޒަފުނާއި ވެސް ޒުވާބު ކުރުމަށް ފަހު ރެސްޓޯރެންޓުން ނިކުމެއެވެ.

ތޮމްސަން ވަނީ ކާރަށް ގެއްލުން ދިނުމަށް ފަހު ފުލުހުން އައުމުގެ ކުރިން އެސަރަހައްދުން ފިލާފައެވެ. ނަމަވެސް މަންޒަރުދުއް މީހުން ތޮމްސަންގެ ކާރުގެ ނަމްބަރު ފުލުހުންނަށް ފޯރުކޮށްދިނުމުން ފުލުހުން މިހާރު ވަނީ ތޮމްސަން ހައްޔަރުކޮށްފައެވެ.

ތޮމްސަންގެ މައްޗަށް މިހާރު ވަނީ މީހެއްގެ މުދަލަކަށް ގެއްލުން ދިނުމުގެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު