ހޮލީވުޑްގެ ތަރި ސްކާލެޓް ޖޯންސަން ބަނޑު ބޮޑުކަން ހާމަކޮށްފިއެވެ.

ސްކާލެޓް ބަނޑު ބޮޑުކަން އޭނާގެ ފިރިމީހާ ކޯލިން ވަނީ ދާދި ފަހުން ކަށަވަރުކޮށްދީފައެވެ.

ކޯލިން ބުނީ ބައްޕައަކަށްވުމަށް ކެތްމަދުވެފައިވާ ކަމަށެވެ. މާވެލްގެ ތަރި ސްކާލެޓްގެ ހަ އަހަރުގެ ކުއްޖަކު މިހާރުވެސް ހުންނަ އިރު މިއީ އޭނާ އަށް ލިބޭ ދެ ވަނަ ކުއްޖާއެވެ.

ބްލެކް ވިޑޯގެ ރޯލުން މަޝްހޫރުކަން ހޯދަމުންދާ ސްކާލެޓް ފުރަތަމަ ކައިވެނި ކުރީ ފްރެންޗްމެން ރޮމައިން ޑައުރިޔާ އާއެވެ. އެމީހުންގެ ހަ އަހަރުގެ ކުއްޖަކު ހުންނައިރު އެ ކައިވެނި ރޫޅި 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސްކާލެޑް މިހާރުގެ ބައިވެރިޔާ އާއި ކައިވެނި ކުރިއެވެ.

ކޮމެޑިއަން އެއް ކަމަށްވާ ކޯލިން ޖޯސްޓް އާއި ސްކާލެޓް ކައިވެނިކުރީ ތިންއަހަރު ވަންދެން ޑޭޓް ކުރުމަށްފަހުއެވެ. ސްކާލެޓް ބަނޑު ބޮޑުކަމުގެ އަޑުފެތުރިފައިވާ އިރު އޭނާ ވަނީ ބްލެކް ވިޑޯގެ ޕްރޮމޯޝަންތަކަށް ނުގޮސް ދުވަސްކޮޅެއް ވަންދެން މީޑިއާއާ ދުރުގައި ހުރެފައެވެ.

ޕްރިންޓް ޕަޕްލިކޭޝަން އިން ރިޕޯޓު ކުރާގޮތުގައި ސްކާލެޓް ބްލެކް ވިޑޯގެ ޕްރޮމޯޝަންތަކުގައި ބައިވެރި ނުވަނީ އެ ފިލްމަކީ މިހާރު ގިނަ ބައެއްގެ ތެރޭގައި މަޝްހޫރުކަމެއް ހޯދާފައިވާ ފިލްމަކަށްވީމައެވެ. އަދި ބްލެކް ވިޑޯގެ އެގްޒެކިއުޓިވް ޕްރޮޑިއުސާ އަކީވެސް އޭނާއެވެ.

ސްކާލެޓް އެންމެ ފަހުން މީޑިއާއަށް ފެނިފައި ވަނީ ޖޫން 21 ވަނަ ދުވަހު ޖިމީ ފެލޮން އާއި އެއްކޮށް ދަ ޓުނައިޓް ޝޯގައި ޒޫން މެދުވެރިކޮށެވެ. ދާދިފަހުން ސްކާލެޓް އާއި ޑިޒްނީ އިންޓަނޭޝަނަލް އާއި މައްސަލަ ޖެހުނެވެ. އެއީ އޭނާގެ ބްލެކް ވިޑޯގެ އެގްރިމެންޓާ ހިލާފުވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު