ކޮވިޑް-19ގެ ސަބަބުން މެޗުތައް ކުޅުމުގެ ފުރުސަތެއް ނުލިބި ޕާކިސްތާނުގެ ކްރިކެޓް ދަނޑެއް ތަރުކާރީ ދަނޑަކަށް ބަދަލުކޮށްފިއެވެ.

މިދިޔަ އަހަރު ކޮވިޑް ފެނުމާއި ގުޅިގެން އެގައުމުގެ ގިނަ ކްރިކެޓް މެޗުތައް ކުޅެފައިވަނީ ކަރާޗީއާއި ލާހޫރުގައެވެ. އެހެންކަމުން ގިނަ ދަނޑިތައް އެދުވަސްކޮޅުގައި އެއްވެސް އެއްޗެއް ނުކުޅެއެވެ. ދަނޑުތައް ހުރީ ހުހަށެވެ.

އެކަން އެގޮތަށް ދިއުމުން ޕަންޖާބުގެ ކްރިކެޓް ދަނޑެއް ތަރުކާރީ ދަނޑަކަށް ބަދަލުކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯތަކެއް މިހާރު މީސް މީޑީއާގައި އަންނަނީ ދައުރުވަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެދަނޑަކީ އެއީ މިލިއަން ރުޕީސް ހަރަދުކޮށްގެން އެގައުމުގެ ގިނަ ބަޔަކު ކުޅުމުގެ ތެރެއަށް ވެއްދުމުގެ ބޭނުމުގައި އިމާރާތް ކޮށްފައިވާ ސްޓޭޑިއަމެކެވެ.

އެހެންނަމަވެސް މިހާރު އެތަން ބޭނުން ކުރަމުން އަންނަނީ ދަނޑުވެރިން ދަނޑުވެރިކަން ކުރަން ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ޕާކިސްތާނަކީ ކްރިކެޓަށް ލޯބިކުރާ ގިނަ ބަޔަކު ދިރިއުޅެމުން އަންނަ ގައުމެއް ނަމަވެސް މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ސަބަބުން އެގައުމުގައި ކްރިކެޓް ކުޅުން ވެސް ވަނީ ދަށްވެފައެވެ.

އެގައުމުގެ ކަރިކެޓް ދަނޑެއް ތަރުކާރީ ދަނޑަކަށް ބަދަލުވެފައިވާ ވާހަކަތައް ދެކެވެން ފަށާފައިވާތީ ގިނަ ބަޔަކު ވަނީ އެއީ ހިތާމަ ކުރަން ޖެހޭ ވަރު ކަމެއް ކަމަށް ބުނެފައެވެ. އަދި ވީ އެންމެ އަވަހަށް އެތަން ރަނގަޅު ކުރުމަށް ވެސް ގިނަ ބަޔަކު ވަނީ މީސްމީޑިއާގައި ކަމާއި ބެހޭ އިދާރާތްތަކަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު