އިންޑިޔާ ފުލުހުން އެއާޕޯޓް ތެރެއިން ބޮލީވުޑްގެ ކުޅަދާނަ ފިލްމީތަރި ސަލްމާން ހާން ހުއްޓުވައިފި އެވެ.

ސަލްމާން ހާން ފުރަން ގޮސް ހުއްޓާ އެއާޕޯޓް ތެރެއިން އޭނާ ހުއްޓުވާފައި ވަނީ އިންޑިޔާގެ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) އިންނެވެ. މީޑިޔާ ރިޕޯޓުތައް ލިބޭގޮތުގައި ސަލްމާން ހުއްޓުވީ އެއާޕޯޓަށް ވަންނަ ގޭޓު ކައިރިން ސެކިއުރިޓީ ބަލަން ތިބި ފުލުހުންނެވެ.

އެއާޕޯޓް ތެރެއިން ސަލްމާން ހުއްޓުވުމާއި ގުޅިގެން އޭނާގެ ފޭނުން އަދި އެހެނިހެން ފަރާތްތަކުން ވަނީ މިކަމާއި ގުޅިގެން އެކި ހިޔާލުތައް ފާޅުކޮށްފަ އެވެ. ބައެއް ފަރާތްތަކުން ބުނީ ސަލްމާން އަށް ވިޔަސް ގަވައިދު އޮންނާނީ އެންމެންގެ ކުރިމަތީގައި ހަމަހަމަކޮށް ކަމަށެވެ. އަދި އިންޑިޔާގެ ސިފައިންގެ ޔުނިފޯމުގެ ބާރުގަދަކަންވެސް ހާމަވާކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

ސަލްމާން ހުއްޓުވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ޓައިގާ 3 ގެ ޝޫޓިން އަށް ރަޝިޔާ އަށް ފުރަން ދިއުމުގެ ތެރޭގައި އެއާޕޯޓް ތެރެއިން ސަލްމާން ހުއްޓުވާފައިވާއިރު ސަލްމާންގެ އިތުރުން މި ފިލްމުގައި ހަރަކާތްތެރިވާ އިތުރު ތަރިން ވަނީ މީގެ ކުރިން ފުރާފަ އެވެ. އޭގެ ތެރޭގައި ކެޓްރީނާ ކައިފް އާއި އިމްރާން ހާޝްމީ ހިމެނެއެވެ. އަދި ފިލްމުގެ ޕްރޮޑޮކްޝަން ޓީމުވެސް މި ޓީމުގައި ހިމެނެއެވެ.

މި އަހަރުގެ ކުރިޔަށް ހުރި ދުވަސްތަކުގައި ސަލްމާންގެ އިތުރު ފިލްމުތައްވެސް ރިލީޒްކުރާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ ތެރޭގައި އަންތިމް: ދަ ފައިނަލް ޓްރޫތް ހިމެނެއެވެ. މި ފިލްމަކީ މަހޭޝް މަންޖްރެކަރް ޑައިރެކްޓު ކުރާ ފިލްމެކެވެ. މި ފިލްމުގައި ސަލްމާންގެ އިތުރުން ފެނިގެންދާނީ އާޔުޝް ޝަރްމާ އެވެ.

ކަލާސް ޓީވީގެ ރިއަލިޓީ ޝޯ ބިގް ބޮސްގެ ޝޫޓިން ސެޕްޓެމްބަރު ފެށޭއިރު މި ޝޯގެ ހޯސްޓަކަށްވެސް ހުންނާނީ ސަލްމާން ހާން އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުމަދު

    "އެއާޕޯޓް ތެރެއިން ސަލްމާން ހުއްޓުވުމާއި ގުޅިގެން އޭނާގެ ފޭނުން އަދި އެހެނިހެން ފަރާތްތަކުން ވަނީ މިކަމާއި ގުޅިގެން އެކި ހިޔާލުތައް ފާޅުކޮށްފަ އެވެ. ބައެއް ފަރާތްތަކުން ބުނީ ސަލްމާން އަށް ވިޔަސް ގަވައިދު އޮންނާނީ އެންމެންގެ ކުރިމަތީގައި ހަމަހަމަކޮށް ކަމަށެވެ. އަދި އިންޑިޔާގެ ސިފައިންގެ ޔުނިފޯމުގެ ބާރުގަދަކަންވެސް ހާމަވާކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ."
    ކޮން ގަވާއިދަކާ ޚިލާފުވެގެން ހުއްޓުވީ؟

  2. އަހުމަދު

    ފޮނުވާ ކޮމެންޓްތައް ނުޖަހަނީ ކީއްވެ؟

  3. ސަޓޯބޯ

    ތިރީގަ ގުޅެން ހުރި ލިޔުމުގަ އެބޮއި، ކެޓްރީނާ އާ ސަލްމާން ރަސިޔާއައް ފުރައިފިއޭވެސް.. ކީކޭ ބުނާނީ ؟

    • އަލިބެއްޔާ

      ހެހެހެ..