ބޮލީވުޑްގެ ފިލްމީ ތަރި އަދި މަޝްހޫރު އެކްޓަރު އެލެކްސްއެންޑްރާ ޖާވީ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި އެލެކްސްއެންޑްރާ މަރުވެފައި އޮއްވައި ފެނިފައި ވަނީ އިންޑިއާގެ ގޯއާގައި ހުންނަ ކުއްޔަށްދޭ ގެއެއްގެ ތެރެއިންނެވެ. ބައެއް މީޑިއާ ތަކުން ބުނާ ގޮތުގައި އޭނާ ހުރީ އެ ގޭގެތެރޭގައި ދަންޖެހިފައެވެ.

ޓެމިލް ފިލްމެއް ކަމަށްވާ "ކާންޗަނާ 3" އިން ވެސް ފެނިގެންގޮސްފައިވާ އެލެކްސްއެންޑްރާ ދިރިއުޅެމުންދަނީ އޭނާގެ ލޯބިވެރިޔާ އާ އެކުގައެވެ. ގޯއާ ފުލުހުން ބުނާ ގޮތުގައި އެލެކްސްއެންޑްރާ މަރުވެފައިވާ ކަމަށް ބެލެވެނީ ދަން ޖެހިގެންނެވެ.

ނަމަވެސް އެކަން ޔަގީން ވާނީ އޭނާގެ ޕޯސްޓްމޯޓަމް ރިޕޯޓުން ކަމަށް ފުލުހުން ބުނެއެވެ.

އެލެކްސްއެންޑްރާގެ ހަށިގަނޑު ޕޯސްޓްޕޯޓަމް ހެދުމަށް ތައްޔާރުވެފައިވާ އިރު ފުލުހުން ބުނީ އެލެކްސްއެންޑްރާ މަރުވީ އޭނާގެ ލޯބިވެރިޔާ ކައިރީގައި ނެތި ގިނަ ދުވަސްވެފައިވާތީ ނަފްސާނީ ގޮތުން ބަލިވެގެން ކަމަށެވެ. އޭނާ ދިޔައީ ނަފްސާނީ ގޮތުން ފަރުވާ ހޯދުމަށް ބޭސް ކަމުން ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެލެކްސްއެންޑްރާގެ މަރުގެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެލެކްސްއެންޑްރާގެ މަރުގެ ތަހުގީގު ޗެންނާއި ފުލުހުންނާއި ގޯއާ ފުލުހުން ގުޅިގެން ކުރިޔަށްދާ އިރު މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަމިލް

    ބޮލީވުޑް ތަރިއެއް ނޫން އިނގޭތޯ.. އެންމެ ފިލުމެއް ކުޅުނީވެސް އެއީ ޓަމިލް ފިލްމެއް.

  2. މުޙައްމަދު

    ޓޮލީވުޑް. ރާއްޖޭގައި އޮންނާނީ ޕްލައިވުޑް