ކައިލީ ޖެނާ ބަލިވެއިންކަން އެނގުނީ ދެވަނަ ކުއްޖަކު ހޯދަން މަސައްކަތް ކުރާތާ އަހަރެއްހާ ދުވަސްފަހުކަމަށް ބޭރުގެ މީޑިޔާއަކުން ބުނެފިއެވެ.

ޔޫއެސް ވީކްލީ އިން ބުނީ 24 އަހަރުގެ ޖެނާ އާއި 30 އަހަރުގެ ސްކޮޓް ދެވަނަ ދަރިއަކު ހޯދަން މަސައްކަތްކުރާތާ ގިނަ މަސްތަކެއް ވެފައިވާކަމަށެވެ. އެމީހުންގެ ހަމައެކަނި ދަރިފުޅު، ތިންއަހަރުގެ ސްޓޯމީއަށް ކޮށްކޮއެއް ލިބޭކަން އެނގުނީ ވަރަށް ފަހުންނެވެ.

ކައިލީ ބޭނުންވަނީ އޭނާގެ ދަރިފުޅު ސްޓޯމީ އާއި ކުޑަ އުމުރެއްގެ ތަފާތު ހުންނަ ކުއްޖަކު ހޯދާށެވެ. އެއީ ކައިލީ އާއި ކެންޑެލް އާއި ދެމީހުންވެސް އުމުރުގައި ކުޑަ ތަފާތެއް ހުންނާތީ ވަރަށް އެކުވެރިވާތީ ކަމަށް އޭނާ ބުންޏެވެ.

2018 ވަނަ އަހަރުގެ ކައިލީ ވަނީ ބޮޑު އާއިލާއެއް އޭނާ ބޭނުންވާކަން ހާމަކޮށްފައެވެ. އޭރު އޭނާ ބުނީ ދަރިއަކު ހޯދަން ވަރަށް ބޭނުންވާކަމާއި ދަރިއަކު ހޯދާނީ ކޮންއިރަކު ކަމެއް ބުނަން ނޭނގޭ ކަމަށެވެ.

މަޝްހޫރު މޮޑެލް އަދި ހަގު ވިޔަފާރިވެރިޔާ ކައިލީ ދަރިއަކަށް ބަލިވެއިންކަން މީޑިޔާގައި ދައުރުވަމުންދާއިރު ރަސްމީގޮތެއްގައި ކާޑޭޝިއަން އާއިލާއިން އެކަމަށް ވަކި އެއްޗެއް ނުބުނެއެވެ. ފާއިތުވި ހަފްތާގައި ކައިލީ ބަލިވެއިންކަން ހާމަކުރީ ޕޭޖްސިކްސް އިންނެވެ.

"ކީޕިން އަޕް ވިތު ކާޑޭޝިއަން" ގެ ތަރި ކައިލީ ބަލިވެއިންކަމަށް ބުނަމުންދާއިރު ބައެއް ފަރާތްތަކުން ބުނަނީ އޭނާ އިނީ އެއްމާބަނޑު ދެކުދިންނަށް ބަލިވެ ކަމަށެވެ. އެކި މީޑިޔާތަކުން އެކި ވާހަކަތައް ދައްކަމުންދާއިރު އެ އާއިލާގެ ސީރީސްގައި ކައިލީ ފެންނަނީވެސް އޭނާގެ މޫނު އެކަންޏެވެ.

ކައިލީ ބަލިވެއިންކަން ކާޑޭޝިއަން އާއިލާއިން ސިއްރުކުރާކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.