އިންޑިއާގެ މަޝްހޫރު ފިލްމީތަރި ސަނީ ލިއޯން ރައްޖޭގައި އާއިލާ އާއި އެކު ވަގުތު ހޭދަކުރަމުންދާއިރު އޭނާ އަށް އެންމެ ކަމުދަނީ ރާއްޖޭގެ މާހައުލާއި މޫދެވެ.

އޭނާގެ އިންސްޓަގްރާމަށްލާ ފޮޓޯތަކާއި ވީޑީއޯތަކުން އޭނާގެ ހިތުގައި ރާއްޖެ އަށް ލޯބި ހާމަކުރަމުން ދާއިރު އޭނާ ވަނީ ރާއްޖޭގެ މޫދު ދޫކޮށް ދާހިތް ނުވާކަމަށް ބުނެފައެވެ. ކޮންމެ ދުވަހަކު ހެން އޭނާ މޫދަށް އެރި ފަތަން ވަގުތުކޮޅެއް ހޭދަކުރަމުން ދާއިރު ރާއްޖޭގެ ޖަޒީރާވަންތަ ކަމުން ހިތަށް ތަސައްލީ ލިބޭ ކަމަށް އޭނާ ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.

ސަނީ އަކީ ހޫނު ގައުމުތަކަށް ލޯބި ކުރާ މީހަކެވެ. ރާއްޖޭގެ ވަޔާއި ޖައްވުގެ ސާފުކަމަކީ ސިކުނޑި ތާޒާކޮށްދޭ ކަމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ. ސަނީ އަށް ރާއްޖެ ކަމުދާ އަނެއް ސަބަބަކީ ރާއްޖޭގައި އާއްމުންނާއި ކުރިމަތިލާން ނުޖެހި އެކަހެރިކޮށް ޗުއްޓީ ހޭދަކުރަން ފުރުސަތު ލިބުމެވެ.

ސަން ސިޔާމް އޮޅުވެލި ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދާ ސަނީގެ މީސްމީޑިއާއަށް ދޫކުރަމުންދާ ފޮޓޯތަކުން ރާއްޖޭގެ ރިތިކަން ފެނިގެންދާ އިރު ރާއްޖޭގައި އޭނާ ހޭދަކުރާ އުފާވެރިވަގުތުތަކެއް ކަމަށް އޭނާ ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ސަނީ ލިއޯން ވަނީ އޭނާ އާއި އޭނާގެ ފިރިމީހާ ޑެނިއެލް ވެބާ އާއި ތިން ދަރިންނާއިއެކު ރާއްޖޭގައި ވަގުތު ހޭދަކުރަމުންދާ އިރު އޭނާ އަށް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ވެސް ރާއްޖެ އާއި މެދު ޚާއްސަ ލޯތްބެއް އުފެދިފައިވާކަމަަށް ބުނެފައެވެ.

މީގެ ކުރިން ސަނީ ރާއްޖެ އަށް އާދެވުން ސިފަ ކުރީ ދުނިޔެމަތީގެ ސުވަރުގެ އަށް އާދެވުން ގޮތުގައެވެ. އަދި ތެޅިފޮޅުމާއި ހަލަބޮލިކަމާއި ދުރަށް އާދެވުނު އިހުސާސް ރާއްޖެ އައުމުން ކުރެވޭ ކަމަށް އޭނާ ވަނީ އޭނާ ކުރި ޕޯސްޓެއްގައި ކުރިން ބުނެފައެވެ. ރާއްޖޭގެ ރީތިކަން ދައްކާލަން އެއްވެސް އެޑިޓިން އެއް ބޭނުން ނުވާ ކަމަށާއި ރާއްޖޭގެ ގުދުރަތީ ރީތި ކަމަކީ އަޖާއިބެއް ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އޭނާ ވަނީ ދެ ފަރާތަށް ގަސްތައް ހެދިފައިވާ މަގަކުން އޭނާ އުފަލުން ނަށަމުން ކަހަލަ ގޮތަކަށް ދާ ވީޑިއޯ އެއްވެސް ހިއްސާކޮށްފައެވެ.

އިންޑިއާގެ ދެމަފިރިއަކަށް ލިބުނު ނަމަވެސް ސަނީގެ އޭނާގެ އުމުރުގެ ބޮޑުބައި ހޭދަކުރީ އެމެރިކާގައެވެ. 2011 ވަނަ އަހަރު ޓީވީ ޝޯ ބިގް ބޮސްގައި ބައިވެރިވި ސަނީ އަކީ މިހާރު ބޮލީވުޑްގެ އެންމެ އަގު ބޮޑު އެއް ނެށުންތެރިޔާކަން ފާހަގަކޮށްލެވެއެވެ. އަދި އޭނާގެ ފުރަތަމަ ބޮލީވްޑް ފިލްމަކީ 2012 ވަނަ އަހަރު ނެރުނު ޖިސްމް-2 އެވެ. އޭގެ ފަހުން އޭނާ ވަނީ ބޮލީވްޑްގެ ހަފިލްމެއް ކުޅެފައެވެ. އެންމެ ފަހުން އޭނާ ކުޅެފައި ވަނީ މަލިޔާލަމް ފިލްމެކެވެ. އެފިލްމް ރިލީޒް ކުރީ 2019 ވަނަ އަހަރުއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސަނާ

    ބަލަ މިހާރު ހުރީ އިންޑި އާގަ އެ އްނު
    ޑާހިތް ނުވެގެނޭ ބުނާ އިރު

    2
    2
  2. ކަތްދައްތާ

    ދެން މޫދުގަ އޮވޭ! އެއްގަމަށް ނާރާ! ސިމްޕްލް

  3. އޭނާ

    ނިންމުމުގައި އޭނާ ގެ ވަނަވަރު ހާމަކުރިއިރު އެންމެ ފުރަތަމަ އަދާކުރި ވަޒީފާ ޢާންމު ނުކުރީ ކީއްވެތޯ؟ އެވެސް ދޫކޮއްލައިގެން ނުވާނެތާ...

    5
    1