އެކަކު، ދެ މީހަކު ދެކެ ލޯބިވެ، ކައިވެނި ކުރާނެ މީހެއް ކަނޑައެޅުމަކީ ދިރިއުޅުމުގައި އުނދަގޫ ކަމެކެވެ. ތިނެސްކަން ލޯތްބަކީ ވަރަށް ޑްރާމާ ބޮޑު އެއްޗެއް ކަމަށް ވަރަށް ގިނަ މީހުން ބުނެއެވެ.

އިންޑިއާގެ ކަރްނާޓާގެ އުމުރުން 27 އަހަރުގެ ފިރިހެނަކަށް ވެސް ވެވުނީ މިފަދަ ތިނެސްކަން ލޯތްބެކެވެ. ކަރްނާޓާގެ ސަކްލެޝްޕޫރު އަވަށާއި ޖެހިގެން އޮތް އަވަށެއްގެ އުމުރުން 20 އަހަރުގެ އަންހެނެއް ދެކެ ލޯބިވެވުނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް މި ލޯބި ދިޔައީ އިތުރުވަމުންނެވެ. ނަމަވެސް އޭގެ ހަ މަސް ފަހުން އެހެން އަވަށެއްގެ އަންހެނަކާ ދިމާވެ، މި ފިރިހެން މީހާއަށް އޭނާ ދެކެ ވެސް ލޯބި ވެވުނެވެ. އެ ލޯބި ވެސް ދުވަހެއް ދުވަހަކަށް ދިޔައީ އިތުރު ވަމުންނެވެ.

ނަމަވެސް މި ދެ އަންހެނުން އަނދިރި ގަނޑެއްގައި ތިބެ މި ފިރިހެން މީހާއާއެކު އުފާވެރި ދުވަސްތަކެއް ހޭދަކުރަމުން ދިޔައެވެ.

ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ފިރިހެން މީހާ އެއިން އަންހެނަކު ގޮވައިގެން އުޅެނިކޮށް މީހަކަށް ފެނި، ފިރިހެން މީހާގެ ބައްޕައާއި ހަމައަށް އެ ވާހަކަ ދިޔުމުންނެވެ.

އެ އަންހެން މީހާ ދެކެ ލޯބިވާ ކަމަށާއި ކައިވެނި ކުރަން ބޭނުންވާ ކަމަށް ބުނުމުން އާއިލާއިން އެކަމާ ދެކޮޅު ހަދައި އެހެން އަންހެނަކާއި ކައިވެނި ކުރުވުމަށް ނިންމިއެވެ.

ދެ އަންހެން ކުދިންނަށް ވެސް މި ޚަބަރު ލިބުމާއެކު އެމީހުންގެ އާއިލާ މީހުންނާއިއެކު ފިރިހެން ކުއްޖާއާ ކައިވެނި ކުރަން ބޭނުންވާ ކަމަށް ބުނެ އެގެއަށް ދިޔައެވެ.

ގޮތްހުސްވެފައިވާ އާއިލާއިން މި މައްސަލަ އަވަށުގެ ވެރިންނާ ހަމައަށް ގެންދިޔައެވެ. ވެރިންނަށް ވެސް ގޮތެއް ނުނިންމިގެން އެންމެ ފަހުން ފައިސާ ފޮއްޗެއް އެއްލައިގެން ވަކި ފުށެއް ދިމާވާ މީހަކާއި ފިރިހެން މީހާ ކައިވެނި ކުރާ ގޮތަށް ނިންމިއެވެ.

ފައިސާ ފޮތީން ގުރުލައިގެން އުމުރުން 20 އަހަރުގެ އަންހެން ކުއްޖާއަށް ކައިވެނި ކުރާގޮތަށް ނިންމުނެވެ. އަދި އެގޮތަށް އެއެންމެން ވެސް ރުހިގަބޫލުވިއެވެ.

ކިޔުންތެރިންގެ ހިޔާލު