އެންމެ ކުޑައިރުން ފެށިގެން ބޮޑުވެގެން ކުރިޔަށް ދާން ބޭނުންވާ ދާއިރާގެ ވާހަކަ ގިނަ ކުދިން ދައްކައެވެ. އޭގެ ތެރެއިން ޕައިލެޓުންނަށް ވާން ބޭނުންވާ ކުދިން ގިނައެވެ. އުދުހުމުގެ ވާހަކަތައް ކުޑައިރުން ފެށިގެން ދައްކާ، ކުރިއަށްދާނެ ދާއިރާއެއްގެ ގޮތުގައި މި ދާއިރާ ކަނޑައަޅާ ކުދިންނެއް މަދެއް ނޫނެވެ. މިއީ އޭގެތެރެއިން ފާހަގަ ކޮށްލެވޭ ޒުވާނެއްގެ ވާހަކައެވެ.

މައިޓްރީ ޕަޓޭލް ކުޑައިރުން ފެށިގެން ދެކެމުންއައި ޕައިލެޓަކަށް ވުމުގެ ހުވަފެނުގައި ކުލަ ޖައްސައި އިންޑިއާގެ އެންމެ ހަގު ކޮމާޝިއަލް ޕައިލެޓެއްގެ މަގާމު ހޯދީ އުމުރުން އެންމެ 19 އަހަރުގައެވެ. 19 އަހަރުގައި މި ހިސާބަށް އާދެވުންއިރު، މައިޓްރީ ވަނީ އެތަކެއް ގޮންޖެހުންތަކަކާއި ކުރިމަތިލައި، ގަދަ ހިތްވަރާއެކު ދިމާވި ގިނަ އަޑިގަނޑުތަކަކުން އަރައިގަނެފައެވެ. ދިމާވި ގޮންޖެހުން ތަކަށް ބަލާއިރު މާލީ ގޮތުން ދިމާވި ދަތިތައް ފާހަގަ ކޮށްލެވެއެވެ.

އެންމެ ހަގު ކޮމާޝިއަލް ޕައިލެޓަށް މައިޓްރީ ވާއިރު، މިއީ އަންހެން ކުދިންނަށް ރޯލް މޮޑެލްއެކެވެ. އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި މައިޓްރީ ބުނީ އޭނާއަށް އަލަށްވެސް ފްލައިޓެއް ފެނުނީ އުމުރުން އަށް އަހަރުގައި ކަމަށެވެ. އަދި އޭރުންް ފެށިގެން ޕައިލެޓަކަށް ވާން އަޒުމް ކަނޑައަޅައިގެންހުރި މައިޓްރީ މަތީ ސާނަވީއަށް ކިޔެވުމަށްފަހު އެމެރިކާއަށް ދިޔައީ ޕައިލެޓުކަން ކިޔެވުމަށެވެ. މައިޓްރީގެ މަންމަ އަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހަކަށް ވާއިރު، ބައްޕަ އަކީ ދަނޑުވެރިއެކެވެ.

މައިޓްރީ ޕައިލެޓަކަށް ވެގެން ފްލައިޓްގެ އުދުހުންތައް ކާމިޔާބުކަމާއެކު ނިންމާލާ މަންޒަރު ބަލަން އޭނާގެ ބައްޕަ ބޭނުންވިއެވެ. ދަނޑުވެރިއަކަށް ވެެފަައި އެ އާއިލާ އަކީ މާ ފުދުންތެރި އާއިލާއަަކަށް ނުވުމުން މާލީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. މައިޓްރީގެ ކޯސް ފީތައް ދެއްކުމަށް އޭނާ ބައްޕައަށް އާއިލާގެ ފަރާތުން ވާރުތަވެެގެން ލިބިފައިވާ ބިމެއް ވިއްކާލައިފައިވެއެވެ.

ފޮނި އުންމީދެއްކޮށްގެން މައިޓްރީ ފުރިހަމަ ކުރަން ދިޔަ ކޯހަކީ 18 މަސް ދުވަހުގެ ކޯހެކެވެ. ނަމަވެސް، އޭނާ ވަނީ މި ކޯސް 11 މަސްދުވަހުން ނިންމާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮޑޭ

    މިރާޢްޖޭގައިވެސް ސެސްނާ މަތިންދާބޯޓު ދުއްވުމުގެ ލައިސަންސް ނެގި އެންމެ ޅަ ނުވަތަ ހަގު ޕައިލެޓް ގެ ދުނިޔޭގެ ރެކޯޑް ގާއިމްކޮށްފައި ހުރި މީހަކު އެބައުޅޭ. މިހާރު އުމުރުން 50 އަހަރުވެފަޢި ހުރި މީހެއް އެއީ . މަސްތުވާ ތަކެއްޗަށް ދެވިހިފާ ވަޒީފާ ގެއްލި މިހާރު ކުރާ ކަމަކީ ސަލާން ޖެހުން.

  2. ބޮޑު ފަރަންޖީ

    އައްޑޫގަވެސް ފްލައިން ސްކޫލެއް ހިންގާތާ ގިނަ އަހަރުތަކެއް ވެއްޖެ. އެތަށް ކުދިންނެއް ދަރަނިވެރިވެއްޖެ. ތަންހިންގި މީހުން ފިލާ ރައްކާވެއްޖެ.

  3. އަލިބެ

    ރާއްޖޭގައިވެސް ފުރުސަތު ލިބިއްޖެޔާ ތިކަން ވާނެކިތަންމެ ކުދިންްނެއްް އެބަތިބި. ހިސާބައްވުރެ ސަރުތު ބޮޑުވީމަ ކުދިންނުވަނީ