ބައިނަލްއަޤްވާމީ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައިވާ ޖަނަވާރުތަކާއެކު ޖަންގަލީގައި ދިރިއުޅުނު 40 އަހަރުގެ ހޯ ވަން ލޭންގް (އަސްލު ތާޒަން) ފުރަމޭގެ ކެންސަރު ޖެހިގެން މަރުވެއްޖެއެވެ.

1972ވަނަ އަހަރު ހަނގުރާމައިގެ ތެރޭގައި ގެއަށް ބޮން އަޅައި، އާއިލާގެ ބައެއް މަރުވި ހިސާބުން ލޭންގް ދިރިއުޅެމުންދިޔައީ ޖަންގަލީގައެވެ. 41 އަހަރު ޖަންގަލީގައި ހޭދަކުރުމަށް ފަހު އުމުރުން 46 އަހަރުގައި އާންމުންގެ ތެރޭގައި އޭނާ ދިރިއުޅެން ފެށިއެވެ.

ރިޕޯޓުތައް ބުނާގޮތުން ކެންސަރު ބަލީގައި މި މީހާ މަރުވެފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ލޭންގް ދިރިއުޅެމުންދިޔަ ސަރަހައްދުގެ އަވައްޓެރިންނާއި ރަހުމަތްތެރިންނާއި ހަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށް ބުނެފައިވަނީ އާންމުންގެ ތެރޭގައި ދިރިއުޅެން ފަށަައި، ކެއިންބުއިމުގެ ވައްޓަފާޅި ބަދަލުވުމުން އޭގެ ނޭދެވޭ އަސަރު މީހާގެ ހަށިގަނޑަށް ކޮށް، ލޭންގް ވަރަށް ބޮޑަށް ބަލިވި ކަމަށެވެ.

ލޭންގްގެ ރައްޓެހިން މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާ ނެތުމުން ވަރަށް ހަނދާން ވާނެ ކަމަށާއި، އެއީ ވަރަށް ރަނގަޅު މީހެއް ކަމަށެވެ.

ލޭންގްގެ އުމުރުން 46 އަހަރުގައި މީޑިއާއަށް ދިން މައުލޫމާތުގައި ބުނެފައިވަނީ އޭނާ ބޮޑުވީ އޭނާގެ ބައްޕަ އާއި ބޭބެ ފިޔަވައި އިތުރު މީހަކު ނުފެނި ކަމަށެވެ. އެހެންކަމުން އަންހެނުންނަކީ އުޅޭ ބައެއް ކަމެއް ވެސް ވަރަށް ފަހާ ޖެހެންދެން އޭނާ އަށް ނޭނގެއެވެ.

ނަމަވެސް މަޑުމަޑުން ޖަންގައްޔަށް ވަދެ އޭނާ އާ މީހުން ބައްދަލު ކުރެއެވެ. އަދި ޖަންގަލިން އަވަށު މީހުން ވެސް ތައާރަފް ކޮށްދީފައިވާ ކަމަށް އޭރުގެ ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު