މީސް މީޑިއާގައި އެންމެ ވަރުގަދަ އެންމެ ހިނގާ ދިވެހި ތަރިންގެ ތެރޭގައި ހިމެނޭ މަޝްހޫރު ލަވަކިޔުންތެރިޔާ ލަމްހާ ލަތީފް (ލަމް) ވިހެއުމަށްފަހު ފިރިމީހާ އަހުމަދު މުއާޒް (ކުޑަ މުއާ) އަށް ތައުރީފްކޮށް އިންސްޓަގްރާމްގެ ސްޓޯރީއަށް ލި ޕޯސްޓަކަށް ސަމާލުކަން މި ވަނީ ލިބިގެން ގޮސްފައެވެ.

ލަމްގެ އެ ޕޯސްޓަކީ ފިރިމީހާއަށް ޝުކުރު އަދާކޮށް، ކޮށްފައިވާ ޕޯސްޓެެއްގައެވެ އެ ޕޯސްޓުގައި ލަމްގެ ބުނެފައިވަނީ ލަމްއާއި އެކުގައި މާބަނޑު ހަޔާތުން ފެށިގެން ވިހެއުމާއި ހަމައަށް އޭނާގެ ފިރިމީހާ ހުރީތީ ޝުކުރުވެރިވާ ކަމަށެވެ.

"މާބަނޑު ހަޔާތުގެ އުފަލާއި ހިތާމައެއްގައި އަހަންނާ އެކުގައި ހުރީތީ ޝުކުރުވެރިވަން" ދެމަފިރިންގެ ތުއްތު ދަރިފުޅު ކައިރީގައި ކުޑަމުއާ ހުއްޓިލައިގެން ހުރި ފޮޓޯއެއް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކޮށް، ލަމް ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން-2 ގެ ހޯސްޓް އަދި މަޝްހޫރު ލަވަކިޔުންތެރިޔާ ލަމް އާއި ކުޑަ މުއާ ކައިވެނި ކޮށްފައިވަނީ 2017 ވަނަ އަހަރުގެ ޖޫން މަހުއެވެ. މިއީ ރާއްޖޭގެ އެންމެ މަގުބޫލު އެއް ޖޯޑެވެ. ލަމް އާއި މުއާ ކައިވެނި ކޮށްފައިވަނީ ލޯބީގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން ގުޅިގެން އުޅުމަށް ފަހުއެވެ.

ކައިވެންޏަށް ހަތަރު އަހަރު ވެފައިވާއިރު، މިހާރު މި ދެމަފިރިންނަށް މި ވަނީ ދަރިއަކު ލިބިފައެވެ. މީގެ ހަފްތާއެއް ކުރިން ލަމްއަށް އަލަތު ދަރިއަކު ލިބުން ހަބަރާއެކު ލަމްއަށް ތާއީދުކުރާ ގިނަ ބަޔަކު ވަނީ މީސް މީޑިއާގައި މަރުހަބާ ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބޮކި

    މީ އަނެއްކާ އައްޒަ ކާޑޭޝިޔަން ދެވަނަ ވައްތަރު ދޯ...

    18
    1
  2. އައްނާއިބު

    "ކޮންމެ ކަމެއް ކޮއްފާ ފޮޓޯ ނަގަން ޖެހެނީ ކީއްވެ؟"
    މި ސާދާ ސުވާލުގެ ޖަވާބު ބޭނުންފުޅު ނަމަ ޔޫޓިއުބުގައި މި ޢިބާރާތް ޖައްސަވާ. އަދި ކުރު ވީޑިޔޯ ނުވަތަ އޯޑިޔޯކޮޅު ބައްލަވާލައްވާ.....
    ދިވެހި ނަންހުރި، އިތުބާރު ބޮޑު ދީނީ ޢާލިމެއްގެ ވަރަށް ފުރިހަމަ ޖަވާބެއް ލިބިވަޑައިގަންނަވާނެ.

    19
    3
    • މަގޭ ޚިޔާލު

      ފޮޓޯ ނެގުމަކީ މައްސަލައެއް ކަމަކަށް އަހަރެން ނުދެކެން. ނިދަން އެނދަށް އަރާފަވެސް ފޮޓޯތައް ނަގާފަ، ދެމަފިރިން ގައިގަ ބައްދައިގެން ތިބެވެސް ފޮޓޯތައް ނަގާފަ އެ އިޝްތިހާރު ކުރުން މައްސަލައަކީ.. އެހެންމީހުންނަށް އިޝްތިހާރު ކުރީމަ އިނދެގެން ތިބޭ ބަޔަކަށް މިވަނީ. ޢެހެންނޫނީ ދެމަފިރިންނޭ ނުކިޔާނެ . ޢަހަރެމެންވެސް ފޮޓޯ ނަގަން. ޢެކަމަކު އިޝްތިހާރު ކުރަން ހަމައެއް ގޮތަކަށްވެސް ބޭނުމެއްނުވޭ. ދުރުހިލޭ މީހުން ކީއްކުރަން، އާއިލާ ތެރޭގައިވެސް އެހާ ހަސަދަވެރި ލޯތައްގިނަ. ވީއިރު އަހަރެމެން ބޭނުމެއްނޫން އެފަދަ ލޯތަކުގެ ނުބައިކަން އަހަރެމެ

      14
      1
  3. ޙަނީ

    ޢާކުކުޅަކަށް ގާބިހެއް އެޅިގެން އުޅޭހެން ހީވަނީ

    16
    1
  4. ކިޔުންތެރިޔާ

    މީނަ ނޫން މީހަކު މި ރާއްޖޭގަ ނޫޅެނީތަ؟

    14
    1
  5. ތުތީ

    މިވާ ބައެއް.

  6. ޖަމީލުބެ

    މަ ހީކުރީ ވިހެއިމަ މިކަމުން ދެން ސަލާމަތް ވީ ކަމަށް...