އެޕަލް އިން އައިއޯއެސް އެންމެ ފަހުގެ އަޕްޑޭޑް އައިއޯއެސް 15 ނެރެފިއެވެ.

ދާދިފަހުން އެޕަލްގެ އެންމެ ފަހުގެ ފޯނު ދައްކާލާފައިވާއިރު އެޕަލްއިން މިހާރު މިވަނީ އާ ފީޗާތަކާއި އެކު އުފައްދާފައިވާ އައިއޯއެސް 15 ނެރެފައެވެ. މީގެ މަސްތަކެއް ކުރިން އައިއޯއެސް 15 ގައި ފީޗާތަށް ކަސްޓަމަރުންނާއި ހިއްސާކޮށްފައިވާ މި ބަލާލަނީ އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ ބައެއް ފީޗާތަކަށެވެ.

ފޭސްޓައިމް ކުރާ އިރު ވީޑިއޯ ކޮލެޓީ އާއި އޯޑިއޯ ކޮލެޓީ ވަނީ ކުރިއަށްވުރެ ރަނގަޅު ކޮށްފައެވެ. އަދި ފުރަތަމަ ފަހަރަށް އެންޑްރޮއިޑް އަދި ވިންޑޯސް ފޯނުތައް ބޭނުންކުރާ ފަރާތްތަކަށް ފޭސްޓައިމް ކުރެވޭ ގޮތް ވެސް ވަނީ ހަދައިފައެވެ. ފޭސްޓައިމް ކުރާ ވަގުތު ވީޑިއޯތައް ބެލުމަށާއި ލަވަ އަޑުއަހާލެވުމުގެ އިތުރުން ފިލްމުވެސް ބެލޭނެއެވެ.

އަދި އެޕަލް ވޮޗް ބޭނުންކޮށްގެން އައިފޯން ބޭނުންކުރާ ފަރާތުގެ ސިއްހީ ހާލަތު ވަޒަންކޮށް އެއްކުރާ ޑާޓާ ޑޮކްޓަރާއި ހިއްސާކުރެވޭގޮތް ވެސް އެޕަލް އިން ވަނީ ތައާރަފް ކޮށްފައެވެ. އަދި ލޭގައި ކޮލެސްޓްރޯލް ހުރިވަރު ގަޑީގެ އެހީގައި ދެނެގަނެވޭ ގޮތް މިހާރު ވަނީ އެޕަލް އިން ހަދައިފައެވެ.

ފަހުގެ އަޕްޑޭޓުގައި އައިޕެޑްތަކަށް ވެސް އިތުރު ފުރުހަމަކަމެއް ގެންނާނެ ފީޗާސްތަކެއް ވަނީ އިތުރު ކޮށްފައެވެ. އެގޮތުން ބަސް ބަދަލުކުރުމަށް އާ ޓްރާސްލޭޓް އެޕްލިކޭޝަނެއް އިތުރުކޮށްފައިވާ އިރު އައިޕެޑްގެ ނޯޓްސް އިން އިތުރު ބޭނުންތައް ކުރެވޭގޮތް ވަނީ ހަދައިފައެވެ.

މެސެޖް އެޕް އަދި އައިމެސެޖް ސާވިސް އިން ފަހުގެ އަޕްޑޭޓާއެކު ފަސޭހައިން ފޮޓޯތައް، ވީޑިއޯ އަދި އާޓިކަލްތައް ހޯދޭނެއެވެ. އަދި ފޮޓޯ ނެގުމުން ފޮޓޯގައި ހުންނަ ލިޔުންތައް ފޯނަށް ކޮޕީ ކުރެވޭ ގޮތް ވަނީ ހަދައިފައެވެ.

އައިއޯއެސް 15 އިންސްޓޯލް ކުރަން ހަދާނެ ގޮތް:

އައިފޯން ވައިފައި އާ ކަނެކްޓް ކޮށްލުމަށްފަހު ޗާޖަށް ޖަހާނީ.

ސެޓިން ހުޅުވާނީ

ޖެނެރަލް އަށް ދާނީ

ސޮފްޓްވެއާ އަޕްޑޭޓް ހުޅުވާނީ

ޑައުންލޯޑް ކުރުމަށްފަހު އިންސްޓޯލް ކުރާނީ

އެޕަލްއިން ނެރުނު އަައިއޯއެސް 15 މިހާރު ބައެއް ފަރާތްތަކުން ބޭނުން ކުރަން ފަށާފައިވާއިރު، ގިނަބަޔަކު ބުނަނީ އާ ފީޗާތައް ވަރަށް ކަމުދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢެޕަލް

    މިހާރު ޗާޖައް ނުޖެހިޔަަސް އަޕްޑޭޓް ކުރެވޭ. ކުރީގަވެސް 50% ބެޓަރީގަ ކުރެވެ