ސްރީލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީގެ އަޑުން ކިޔާފައިވާ ފުރަތަމަ ހިންދީ ލަވަ ނެރެފިއެވެ.

އުމުރުން 28 އަހަރުުގެ ޔޮހާނީގެ އަޑުގައި އެތައް ބަޔަކު ޖެހުނީ އޭނާގެ އަޑުން ކިޔާފައިވާ މަނިކޭ މަގޭ ހިތޭ ލަވައާއި އެކުގައެވެ. މުޅި ދުނިޔޭގެ އެތަން މިތަނުގައި އެ ލަވައިގެ އެކި ވާޝަންތައް ނެރެ، އެތައް ބައެެއްގެ ސަމާލުކަން ލިބުނެވެ. މިއާއެކު އޭނާއަށް އެތައް ހުށަހެޅުމެއް ލިބިގެން ދިޔައެވެ

އެގޮތުން އޭނާއަށް ލިބުނު ފުރުސަަތުގެ ބޭނުން ހިފައި ފުރަތަމަ ހިންދީ ލަވަ ޔޮހާނީގެ އަޑުން މި ވަނީ އިވިގެން ގޮސްފައެވެ.

މިއަދުގެ ވަގުތެއްގައި އޭނާގެ އަޑުން ކިޔާފައިވާ ފުރަތަމަ ހިންދީ ލަވަ ނެރުނުއިރު، އޭނާގެ އަޑު ވަރަށް ހިތްގައިމު ކަމަށް ފެނެެއެވެ. އެއީ ބޮލީވުޑްގައި ނެރެން ހަމަޖެހިފައިވާ ޝިއްދާތް ފިލްމްގެ ޓައިޓަލް ޓްރެކްގެ އަންހެން ވަޝަނެވެ.

މި ލަވަ އެ ފިލްމުން ފެނިގެން ދާނެތޯ ނުވަތަ ނޫންތޯ ސާފް ނުވާއިރު، ޔޮހާނީގެ މި ލަވަވެސް ވަރަށް ބޮޑަށް ވައިގައި ހިފާނެ ކަމަށް ބެލެވެެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޟާން

    ޢުނޫޝާ އިސް ބެޓާ ި

    3
    3
  2. ިްްޖަސްޓް އަ ފޭން

    ބިްްްޔުޓިފުލް