ކިމް ކާޑޭޝިއަން ހުކުރު ދުވަހު މީސް މީޑިއާގައި ހިއްސާކޮށްފައިވާ އޭނާގެ ކުރީގެ ފޮޓޯއިން އެއްގޮތަކަށް ވެސް އޭނާ އާ ވައްތަރު ނޫންކަމަށް ގިނަ ބަޔަކު ބުނެފިއެވެ.
ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންގެ ތަރި ކިމް ކާޑޭޝިއަން އަކީ ރީތިކަމަށް ވަރަށް ލޯބިކުރާ މީހެކެވެ. މުއްސަނދިންގެ ލިސްޓުން ޖާގަ ހޯދާފައިވާ ކިމް ރީތިވުމަށް ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އެއީ ކުރީގައި އޭނާ ހުންނަ ގޮތާއި މިހާރު ހުންނަ ގޮތާއި މުޅިން ތަފާތު ވުމުން ކަމަށް އެފަރާތްތަކުން ބުނެއެވެ.
އުމުރުން 40 އަހަރުގެ ހުކުރު ދުވަހު މީސް މީޑިއާ އަށް ލާފައި ވަނީ 2018 އަހަރު ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯގައި އޭނާ ހުރީ މޭކަޕް ނުކޮށެވެ. ފޮޓޯ ނަގާއިރު އަބަދުވެސް މޭކަޕް ކޮށްފައި ހުންނަ ކިމް އެ ފޮޓޯގައި ތަފާތުގޮތަކަށް ފެނުނީ އެހެންވުމުން ކަމަށްވެސް ވެދާނެއެވެ.
ހަތަރު ކުދިންގެ މަންމަ އެއް ކަމަށްވާ ކިމް އޭނާގެ ކުރީގެ ފޮޓޯއެއް ހިއްސާކޮށްފައި މިވަނީ އޭނާގެ މޭކަޕް އާޓިސްޓެއް ކަމަށްވާ މާރިއޯ ޑެޑިވަނޯވިކްގެ 38 ވަނަ އުފަންދުވަހަށް މަރުހަބާ ކިޔުމުގެ ގޮތުންނެވެ.
މާރިއޯ އާއި ކިމް އެކުގައި މަސައްކަތް ކުރަން ފެށީ 2018 ވަނަ އަހަރުގައެވެ. ކިމް ލާފައިވާ ފޮޓޯގައި އޭނާ ހުރީ ވަރަށް ކުޑަކޮށް މޭކަޕް ކޮށްފައިކަން ހާމަވެއެވެ. މާރިއޯ އާއި ކިމް ވަނީ އެއްކޮށް މޭކަޕް ކްލާހެއްގައިވެސް ބައިވެރިވެފައެވެ.
ކިމް އަކީ އެކި މެގަޒިން ތަކަށާއި އަމިއްލަ ކުންފުންޏަށްވެސް ކޮޑެލް ކުރާ ފަރާތެއްކަން ފާހަގަ ކުރެވެއެވެ.
ވަގުތައްވެސް އިނގޭނެ ކީއްވެކަން އެއްވައްތަރު ނުޖަހަނީ
"ކޮޑެލް" ކުރުން!!! ހާދަ ތަފާތު ކަމެކޭ ދޯ އޭނަ އެ ކުރަނީ؟!؟!؟
އެކޮއިގެ މޫނު އެކަނިތަ ބަދަލުވީ. ރީއްޗަށް ހަށިގަނޑަށް ބަލާލާފައި ތި ލިއުނު އެއްޗެއް ލިއުނުނުމަނަދޯ!
2008.2021 އެކަމުލިއުމުގަޖަހާފައިނީ ދެހާސްއަށާރައިން ދެހާސްއެކާވީސް އޭކިހިނެތްވާކަމެއްބާ މަގޭ ލޮލުގެ މައްސަލައެއްބާ