”އެލެކްސްއެންޑާ ދަ ގްރޭޓް“ މަހާނަ ހޯދާފައިވާކަމަށް މިސްރުގެ އޮފިޝަލުން ބުނެފިއެވެ.

މިސްރުގެ އޮފިޝަލުން ބުނީ އެލެކްސްއެންޑާ ދަ ގްރޭޓް ގެ މަހާނަ މިސްރުގެ ސިވާގައި ހުރިކަން އެނގޭވަރަށް ހެކިތައް މިހާރު ފެނިފައިވާ ކަމަށެވެ. އިޖިޕްޓް އިންޑިޕެންޑެންސްގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވާގޮތުން ސިވާސް ޓުއަރިޒަމް ޑިޕާޓްމަންޓުގެ ޑައިރެކްޓަރ، މުހަމެޑް އުމްރާން ވިދާޅުވީ މި މަހާރު ހުރިކަމަށް ބެލެވެނީ މަރައި ސަރަހައްދުގައި ކަމަށެވެ.

އޮމްރަން ވިދާޅުވީ 1995 ވަނަ އަހަރާއި 1996 ވަނަ އަހަރުގައި އެ ހިސާބުން އެލެކްސްއެންޑާގެ މަހާނަ ކަމަށް ބެލެވޭ މަހާނައެއް ފެނުނު ކަމަށްވެސް ތާރީހް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވާ ކަމަށެވެ.

މި މަހާނަ ފެނުމާއި އެކު ގްރީކް އާއި ރޯމަނުންގެ ތާރީހުވެސް ކުޑަކޮށް އެނގިގެންދާނެ ކަމަށް އޭނާ ބުންޏެވެ. މި ހެކިތައް އަދި ކަށަވަރުކޮށްފައި ނުވާއިރު މި މަހާނަ އަކީ ތާރީހުގައި ވެސް އެންމެ ހާއްސަ ހޯދުމަށް ވެގެން ދާނެ އެވެ.

މަހާނަ ހޯދުމަށް އެތައް ދުވަސްވަރެއްގައި މަސައްކަތް ކުރެވިފައިވާއިރު ކޮންމެ ފަހަރަކުވެސް މި މަހާނަ ކަމަށް ހޯދޭ މަހާނަ އަކީ އަސްލު މަހާނަކަން ޔަގީންވާވަރަށް ހެކި ނުލިބެ އެވެ.

މިފަހަރު ހޯދުނު މަހާނަ އަކީ އަސްލު މަހާނަތޯ ޔަގީން ކުރުމަށް ވަގުތު ނަގާނެ އިރު މިއީ ތާރީހީގޮތުން ވަރަށް މުހިންމު މީހެއްގެ މަހާނަ އަކަށް ވުމުން މިކަމަށް ގިނަބައެއްގެ ސަމާލުކަން މިހާރު ވަނީ ހުއްޓިފައެވެ. އޭނާ އަކީ ގްރީގް އެންމެ ގަދަރުވެރި ލީޑަރަށް ވާއިރު ތާރީހު ދިރާސާ ކުރާ ފަރާތްތަކުން އެތައް ގަރުނެއް ވަންދެން ދެކެމުން އައި ހުވަފެން މިފަހަރު ހަގީގަތަކަށް ހެދޭތޯ މިސްރުގެ އޮފިޝަލުން ދަނީ މަސައްކަތް ކުރަމުންނެވެ.