މާ ކުރު ސޯޓެއް ލުމުން ބޮލީވުޑްގެ ފިލްމީތަރި ޝާހިދް ކަޕޫރްގެ އަންހެނުން މީރާ ރާޖްޕުތް އަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެެއެވެ.

ޝާހިދްގެ އާއިލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި އިންޑިޔާއަށް ފުރަން ދިޔައިރުގެ ފޮޓޯތައް މީސްމީޑިޔާގައި ދައުރުވަމުންދާއިރު ޝާހިދުގެ އަންހެނުން މީރާ ލައިގެން ހުރީ މާ ކުރު ސޯޓެއް ކަމަށްބުނެ އޭނާ އަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ރާއްޖެ އަށް ޗުއްޓީހޭދަކުރުމަށް އައިސްފައި ވަނީ ޝާހިދް ކަޕޫރް އާއި މީރާ ރާޖްޕުތް އަދި އެމީހުންގެ ދެ ކުދިން މީޝާ ކަޕޫރް އާއި ޒައިން ކަޕޫރް އެވެ.

މި އާއިލާ މުމްބައި އެއާޕޯޓުން ނުކުމެގެން އަމިއްލަ ކާރަށް އަރަން ދިޔަ ވަގުތު ނަގާފައިވާ ފޮޓޯތައް މީސްމީޑިޔާގައި ދައުރުވަމުންދާއިރު ގިނަ ބަޔަކު އެ ފޮޓޯތަކަށް ކޮމެންޓްކޮށް އޭނާއަށް ފާޑުކިޔާފައި ވެއެވެ.

ދައުރުވަމުންދާ ފޮޓޯތަކުގައި މީރާ އަދި ޝާހިދުވެސް ފެންނަނީ ކަޅު ހެދުން ލައިގެން ތިބޭތަނެވެ. ޝާހިދު ހުރީ އަތްދިގު ޖެކެޓަކާއި ކަޅު ހަރުވާޅެއް ލައިގެންނެވެ. އަދި މީރާ ހުރީ ކަޅު ސޯޓަކާއި ޓީޝާޓެއް ލައިގެންނެވެ. ބައެއް ފަރާތްތަކަށް މައްސަލަ އަކަށްވީ މީރާގެ ކުރު ސޯޓެވެ.

ގިނަބައެއްގެ ފާޑުކިޔުންތައް އޭނާއަށް އަމާޒުވެގެން ދިޔައީ ފިރިމީހާ ނިވާވާ ގޮތަށް ހެދުން އަޅައިގެން ހުރިިއިރު، އޭނާ މާ ކުރުކޮށް ހެދުން އެޅުމުންނެވެ.

އިންސްޓަގްރާމުގައި މީރާގެ ތިން މިލިއަން ފޮލޯވާސް ތިބިއިރު އޭނާއަކީ އިންޑިޔާގައި މަޝްހޫރު ފަރާތަކަށް ވަނީ ވެފައެވެ. މީހުން ކިޔާހާ ހުރިހާ އެއްޗަކަށް ޖަވާބު ނުދޭ މީރާއަކީ ފާޑުކިޔުންތައްވެސް އަޑުއަހާ ފަރާތެއްކަން ފާހަގަ ކުރެވެއެވެ.