ފޯނު އުފައްދާ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުގެ ވެރިންނާއި ޓެކް ދާއިރާގެ އެކި ފަރާތްތައް ގެންގުޅޭ ފޯނަކީ ކޮންހަކަހަލަ ކޮން ބްރޭންޑެއްގެ ފޯނެއްތޯ ބަލާލަން ބޭނުން ނުވާނެ މީހަކު މަދުވާނެ އެވެ. އަދުގެ ދުނިޔޭގައި ދިރިއުޅުން ފުރިހަމަ ކުރުމަށް ސްމާޓް ފޯނަކީ މުހިންމު އެއްޗަކަށް ވެފައިވާއިރު މިފަދަ ބިލިއަނަރުން ބޭނުންކުރަނީ ކޮންކަހަލަ ސްމާޓް ފޯނެއްތޯ ބަލާލާނަމެވެ.

ބިލް ގޭޓްސް

ބިލް ގޭޓްސް

މައިކްރޯސޮފްޓުގެ ފައުންޑަރ، ބިލް ގޭޓްސް އާންމުކޮށް ބޭނުންކުރަނީ އެންޑްރޮއިޑް ފޯނުތަކެވެ. ނަމަވެސް ހާއްސަ ހަފްލާތަކަށް ދާއިރު އޭނާ އައިފޯން ގެންގުޅޭތަން ފެނެއެވެ. އޭނާ އައިފޯން ގެންގުޅުނަސް އޭނާ އަތުގައި އޮންނަނީ އެންމެ ކުރީގެ އައިފޯނެއްކަން ފާހަގަ ކުރެވެއެވެ. އެގޮތުން އެންމެ ގިނައިން އޭނާ ހިފައިގެން ހުންނަތަން ފެންނަނީ އައިފޯން 5އެސް އެކެވެ.

ޖެފް ބީޒޮސް

އެމެޒޯންގެ ވެރިޔާ އަދި ފައުންޑަރ ބޭނުންކުރަނީ 2012 ވަނަ އަހަރު ނުކުތް ބްލެކްބެރީ ފޯނެކެވެ. އޭނާގެ ކުންފުނިން ފަޔާ ފޯނެއް ނެރުނު ކަމުގައި ވިޔަސް އޭނާ ގެންގުޅެނީ އެހެން ކުންފުންޏެއްގެ ފޯނެކެވެ.

އީލޮން މަސްކް-ޓެސްލާ ސީއީއޯ

އީލޮން މަސްކް ބޭނުންކުރަނީ ކޮން ބްރޭންޑެއްގެ ފޯނެއްކަން އޭނާ ހާމަކޮށްފައި ނުވާއިރު ވަރަށް ގިނަ ހަފްލާތަކުގައި އައިފޯނާއި އައިޕެޑްސްގެ ވާހަކަތައް އޭނާ ދައްކާފައި ވެއެވެ. މިއިން ހާމަވާ އެއްކަމަކީ އޭނާ އަކީވެސް އެޕަލްގެ ފޭނެއް ކަމެވެ.

ސްނެޕްޗެޓް ފައުންޑަރ އީވަން ސްޕީގެލް

ފައުންޑަރ އޮފް ސްނެޕްޗެޓް، އީވަން ސްޕީގެލް އަކީވެސް އެޕަލްގެ ފޭނެކެވެ. މިހާރު އޭނާ ގެންގުޅެނީ ކޮންކަހަލަ ފޯނެއްކަން އެނގިފައި ނުވާއިރު މީގެ ކުރިން އޭނާ ދިން އިންޓަވިއުއެއްގައި ބުނީ އޭނާ އައިފޯން ގެންގުޅެނީ ފޯން ކޭސްއަކަށް ނުލައި ކަމަށެވެ. ނަމަވެސް ވަރަށް ސަމާލުވެގެން ފޯނު ގެންގުޅޭކަމަށް އޭނާ ބުންޏެވެ.

މާކް ޒުކާބާރ- ފޭސްބުކްގެ ފައުންޑަރ

މާކް ޒުކާބާރ އަށް އެޕަލްގެ އެންމެ ފަހުގެ ފޯނުތައް އަބަދުވެސް ލިބެއެވެ. ސަބަބަކީ އެޕަލްގެ ވަރަށް ގިނަ އިސްވެރިންނާއި ޒުކާބާރ ރައްޓެހި ކަމުންނެވެ. އޭނާ އަށް ހިލޭ އައިފޯން ލިބޭތީ ގިނަބަޔަކު އެކަމަށް ހައިރާންވެސް ވެއެވެ.

ޓިމް ކުކް- އެޕަލްގެ ސީއީއޯ

އެޕަލްގެ ސީއީއޯ އަބަދުވެސް ގެންގުޅެނީ އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތަކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އައިފޯން 13 މިނީ

    އެޕަލް އޯލްވޭސް ބެސްޓް

    6
    11
  2. ހުސެއިނު

    މަގޭ އަތުގައި އޮތީ މޮޓޮރޯލާ ބައްތިއެއް، ފޯނުވޭ!!!

    8
    3
  3. Anonymous

    ޓެކް މިލިއަނަރ ނައްޓު އަދުނާން ގެންގުޅެނީ ކޮންކަހަލަ ފޯނެއްްބަ؟