1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާގައި ކަންތައް ވެގެންދިޔަގޮތް އަދުގެ ދަރިންނަށް ކިޔައިދިނުމަށާއި، ދިވެހި ޤައުމާއި ދީނުގެ ދިފާޢުގައި ޝަހީދުވި އަބްޠާލުންގެ ޒިކުރާ އާކުރުމަށް "އޯ'ވަޒަން"ގެ ނަމުގައި ކުރު ފިލްމެއް ނެރެން ތައްޔާރުވެއްޖެއެވެ.

މި ކުރު ފިލްމަކީ، މީގެ 33 އަހަރު ކުރިން، ޤައުމަށް ކުރިމަތިވި ނުރައްކާތެރި ޙަމަލާއާ ދެކޮޅަށް ލިބުނު ކާމިޔާބީ ފާހަގަކޮށް އަލީ ޝާމިން ލިއެ ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. މި ފިލްމުން ޤައުމުގެ ޚިދުމަތުގައި ފުރާނަ ދޫކޮށްލި ފަރާތްތަކުގެ ޤުރުބާނީގެ މުހިންމުކަން ވެސް މިހާރު އަންނަމުންދާ ޖީލުތަކަށް ބަޔާންކޮށްދޭނެ ކަމަށް ޑާކްރެއިންއިން ބުނެއެވެ.

https://twitter.com/DarkRainEnt/status/1453259879951577095?s=20

ޑާކްރެއިން އެންޓަޓެއިންމެންޓުން ބުނީ، މި ފިލްމުގައި އަލިއަޅުވާލައިފައި ވާނީ އަދުގެ ޖީލުގެ ކުޑަކުދިންނަށް އެ ދުވަހު ކަން ހިނގި ގޮތް ހަނދާން ހުރީ ކިހާ ވަރަކަށްތޯއާ ދިވެހި ޤައުމުގެ ދިފާޢުގައި ދިވެހިން ޖިހާދުކުރި އެ ދުވަހުގެ ހަނދާންތައް އެކުދިންގެ ހިތްތަކުގައި އަހަރަމެންްނަށް އަށަގެންނެވިފައިވަނީ ކިހިނެއްތޯ ފަދަ ކަންތައްތަކެއްގެ މައްޗަށް ކަމަށެވެ.

”އޯ'ވަޒަން“ ރިލީޒްކުރުމަށް ނިންމާފައިވަނީ ޑާކް ރެއިންގެ މީސްމީޑިއާ މަންސަތަކުގައި 03 ނޮވެމްބަރު 2021ގައެވެ. ”އޯ'ވަޒަން“ އަކީ އަހަރުމެންނަށް އަހަަރުމެންގެ ޤައުމު އަލުން އަނބުރައި ހޯދައިދިން ބަޠަލުންނަށްްޓަކައި ފަޚުރުވެރިކަމާއެކު އަރުވާ ސެލިއުޓެއް ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެއެވެ.

މީގެ ކުރިންވެސް މި ދުވަހާއި ގުޅުވައިގެން ރާއްޖޭގައި ކުރު ފިލްމެއް ތައްޔާރު ކޮށްފައިވެއެވެ. "ހާދަރު"ގެ ނަމުގައި ރާއްޖޭގެ ދިފާއީ ބާރު (އެމްއެންޑީއެފް)އިން ނެރެފައިވާ ފިލްމުގައި ޒުވާން ޖީލަށް އެ ހަމަލާގެ އިހުސާސް، ޤައުމާއި ދީނަށް ޓަކައި، މޭ އައްޑަނައަކަށް ދިއްކޮށްލައިގެން ނުކުމެ ޝަހީދުވި ދިވެހި ދަރިންގެ ވާހަކަ ތަފްސީލުކޮށް ގެނެސްދީފައިވެއެވެ.

އެމްއެންޑީއެފްއިން 2016ވަނަ އަހަރު ޕްރިމިއާކުރި ހާދަރު ފިލްމް އުފައްދާފައިވަނީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ބިންމާ އިބްރާހިމް ވަހީދުގެ ވާހަކައެއްގެ މައްޗަށް ބިނާކޮށެވެ. މި ފިލްމް ޑައިރެކްޓް ކޮށްފައި ވަނީ ސިފައިންގެ މޮޅު ޑްރާމާތައް ވެސް ޑައިރެކްޓު ކޮށްފައިވާ އައްޝަރު ވަހީދެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެހެންދީ

    ތިއުޅެނީ މިހާރުގެ ޖީލައް ތިކަންހިނގިގޮތް އޮޅުވާލަން….ދިވެހި ސިފައިންނަކީ މާމޮޅު ބައެއް ނޫން…އެދުވަހު ސިފައިން އުޅުނުގޮތް ވަރަށް ގާތުން ފެނުނު….ލަދުން ބޯހަލާކު….

    1
    10
    • ނޫނޭ

      ފަރުދާގެ ފުރަގަހުގެ ކީބޯޑުން ލިޔަން ތިބޭ ތިކަހަލަ މީހުން އަބަދުވެސް ނިކަން ކޮންފިޑެންޓްވާނެ. ކަމެއް ދިމާވީމަ އިނގޭނީ ދިވެހި ސިފައިންނަށްވުރެކުރިން ޤައުމުގެ ދިފާއުގަ ނިކުންނަނީ "އެހެންދީ" ތޯ ނުވަތަ ނޫންތޯ.

  2. ކާފަބޭ2020

    ދެންޖެހޭނީތިޔަހާވަރުންފުއްދާލަންތާ!ނަޞްރުގެދުވަހުއެއްޗެއްބުނަންހުރިމީހާގެ ހަތަރެސްފައިގައާއި އަނގަމަތީގަވަނީޓޭޕްއެޅިފަ! އެއްޗެއްބުނަންއަދިބުނެވެންހުރި މީހަކުމިއަދުގެވެރިކަމުގެދާއިރާއަކުނެތް! ވެރިމީހާއެހެރީ ރައިއްޔަތުންމިހާހާލުގަތިބިއިރުވެސް ބޯދަމައިގަނެގެންބޭރުގަ އަޗާތަޅަން! ﷲގެއިރާދަފުޅާމިންވަރުފުޅުން ނަޞްރުގެދުވަސް މިޤައުމުގައިއަދި ކުލަގަދަކޮށްނަޞްރުގެދުވަސްގާހަގަކުރާނެ! އިންޝާﷲ! އަޅަމެންނަށްއެދުވަސްދުރުނުކުރަށްވާށި! އާމީން