މި ކާއިނާތުގައި ދިރިއުޅުމުގެ އެހެން ބާވަތްތައް އުޅޭ ކަމަށް ބުނާ އެތައް ވާހަކަތަކެއް ދެކެވިފައި ވެއެވެ. އެކަމަކު ހެއްކެއް ނުދެއްކޭތާއެވެ. އެފަދަ ހެކިތައް ހޯދުމުގެ މަސައްކަތުގައި އުޅޭ މާހިރުންވެސް ގިނައެވެ. އަދި ލިބޭ ކުޑަ މައުލޫމާތަކާއެކުވެސް ފުނަށް ފީނާ އެތައް ސައިންސްވެރިންނެއްވެސް އެބަތިއްބެވެ.

މިފަދަ އެތައް ކަމެއް ސައިންވެރިން ހޯދަމުންދާއިރު "ޓައިމް ޓްރެވެލާ"އެއް ކަަމަށް ބުނާ މީހަކު މި ވަނީ އޭލިއަންއަކީ ކާއިނާތުގައި އުޅޭ އެއްޗެއް ކަމަށް ބުނެފައެވެ. އޭނާ ބުނާގޮތުން ނަމަ ވަރަށް އަވަހަށް އޭލިއަން މި ދުނިޔެއަށް އަންނާނެއެވެ.

މި ޓައިމް ޓްރެވެލާއަކީ އެއިސްތެޓިކް ޓައިމް ވެރްޕާ ނަމުގައި ޓިކްޓޮކްގައި އުޅޭ މީހެކެވެ. އޭނާ ބުނާގޮތުން ނަމަ އޭނާ މި އުޅެނީ މީހުންނަށް އެހީވުމަށެވެ.

އެ އެކައުންޓުން ތުހުމަތު ކުރާ ގޮތުގައި އޭނާއަކީ 2714 ވަނަ އަހަރުން ފެށިގެން ޓައިމް ޓްރެވަލާއެކެެވެ. އޭގައި ބުނެފައި ވަނީ "އޭރިޔާ51" އިން މަސައްކަތް ކުރަނީ އިންސާނުންނާއި ޖަނަވާރުގެ ހައިބްރިޑް އުފެއްދުމަށް ކަމަށެވެ. އަދި އެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށްވެސް ބުނެފައި ވެއެވެ.

އެގޮތުން މިފަދަ ފުރަތަމަ ހައިބްރިޑްއަކީ 2023 ގައި ފެންނަން ހުންނާނެ އެއްޗެއް ކަަމަށާއި، އެއީ 20 ހިއުމަން-ރެޓް ހައިބްރިޑް އެއް ކަަމަށް ބުނެފައި ވެއެވެ.

 

View this post on Instagram

 

A post shared by Aery Yormany (@aesthetictimewarper)

އޭނާ ވަނީ އެ ކައުންޓް ބޭނުން ކުރަނީ ޓައިމް ޓްރެވެލާއެއް ކަން އެންމެންނަށް ޔަގީންކޮށް ދިނުމަށް އެތައް ވާހަކައެއް ދައްކާފައެވެ.

 

View this post on Instagram

 

A post shared by Aery Yormany (@aesthetictimewarper)

އަދި ތަފާތު ވީޑިއޯތަކާއި ފޮޓޯތައް ހިއްސާ ކުރެއެވެ. އޭނާ ބޭނުންވަނި މިފަދަ އެއްޗެހި ހިއްސާކޮށްގެންވެސް މީހުންގެ ސަމާލުކަން ހޯދުމަށެވެ.

މިއީ މިގޮތަށް ވާހަކަދެއްކި ޓައިމް ޓްރެވެލާއެއް ކަމަށް ބުނާ ފުަރަތަމަ މީހާއެއް ނޫނެވެ. މީގެ ކުރިންވެސް އެތައް ބަޔަކު މިފަދަ ވާހަކަތައް ދައްކާފައި ވެއެވެ. އެގޮތުން ފަހުގެ އެކައުންޓެއްގައި އޭނާ ވަނީ އޭނާ އަކީ 2027 ވަނަ އަހަރުގައި މިހާރު ހުރި މީހެއް ކަމަށާއި، އެ ެއަހަރުގައި އޭނާ އެކަނި މާއެކަނި ތާށިވެފައި ހުރި ކަމަށް ބުނެފައި ވެއެވެ. އަދި ހުސް މަގުތަކާއި ހުސް ތަންތަނުގެ ވީޑިއޯތައް އޭނާ ދައްކާފައި ވެއެވެ.