އިންޑިއާގެ ކޮއިމްބަތޫރްގައި ހުންނަ ޕްރައިވެޓް ސްކޫލެއްގައި، ގްރޭޑް 12ގައި ކިޔަވަމުންދިޔަ އަންހެން ދަރިވަރެއްގެ ކުއްލި މަރަކީ ސްކޫލްގައި ކިޔަވަމުންދާ ޓީޗަރެއްގެ ފަރާތުން ލިބުނު ޖިންސީ އަނިޔާތައް ކަމަށް ހާމަވެއްޖެއެެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 31 އަހަރުގެ ފިޒިކްސް ކިޔަަވަދޭ ޓީޗަރެކެވެ. އެ ޓީޗަރު މި ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ މި އަހަރުގެ ކުރީކޮޅުގައި ކަމަށް ރިޕޯޓްތައް ބުނެެއެވެ.

އެ ޓީޗަރު މީގެ ކުރިން އެހެން އަންހެން ދެ ދަރިވަރަކަށްވެސް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވިއެވެ.

އެގޮތުން ފުލުހުން މިހާރު ދަނީ އަތުން ލިޔެފައިވާ ލިޔުމެއްގައިވާ އެފަދަ މައުލޫމާތުތައް ހިމެނޭ ނޯޓެއް ބަލަމުންނެވެ.

އެންޑީޓިވީން ރިޕޯޓްކޮށްފައިވާގޮތުން މިކަން ފެންމަތިވެފައި ވަނީ މި އަހަރުގެ ކުރީކޮޅުއެވެ.

އެ ދަރިންނަށް ޖިންސީ ގޯނާ ލިބެމުންދާކަން އެ ދަރިވަރުން ސްކޫލްގެ ވެރިންގެ ސަމާލުކަމަށްވެސް ގެނައެވެ. އެހެން ނަމަވެސް އެކަމާއި އެއްްވެސް ވަރަކަށް އަޅާލާފައި ނުވާ ކަމަށް ބުނެ އެ ސްކޫލްގެ ހެޑްމާސްޓަރުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ޓެމިލްނާޑޫގެ ޗީފް މިނިސްޓަރު އެމްކޭ ސްޓާލިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މަދު ބައެއްގެ ވިޔާނުދާ އަމަލުތަކުގެ ސަބަބުން ދަރިވަރެއްގެ ފުރާނަ ގޮސްފައިވާ ކަމަށެވެ.

"ސްކޫލްތަކުން ޖިންސީ ފުރައްސާރަ އެއް ނެތްކަން ކަށަވަރު ކުރަން ޖެހޭ. އަޅުގަނޑުމެން އެކަން ކުރި މީހުން ގާނޫނުގެ ކުރިމައްޗަށް ހުށަހަޅައި، އަންހެނުންގެ ރައްކާތެރިކަން ކަށަވަރު ކުރާނަން."

ކިޔުންތެރިންގެ ހިޔާލު