ދުނިޔޭގެ އެކި ހިސާބުތަކުގައި އެނގިގެން ނުވަތަ ނޭނގި ނަމަވެސް ތަފާތު އެއްތައް ވައްތަރެއްގެ ގަހެއް ހުރެއެވެ. އެކަމަކު، ދުނިޔެ އިން މި ފަހުން ފެނުނީ ތަފާތު ގަހެކެވެ. މިއީ އެގަހެއްގައި ތަފާތު ދިހަ ވައްތަރުގެ މޭވާ އަޅާ ގަހެކެވެ.

އޮސްޓްރޭލިއާގެ ވިކްޓޯރިއާގައި ދިރިއުޅޭ މީހަކު ހެއްދި މި ގަހަށް ގިނިސް ވޯލްޑް ރިކޯޑް ފޮތުން ޖާގަ ވެސް ވަނީ ހޯދައިފައެވެ. މި ގަހަށް ލިބިފައިވަނީ ތަފާތު ފަސް ބާވަތަކުން ދިހަ ބާވަތަށް ވުރެ މަދު ނޫން އަދަދަކަށް މޭވާ އަޅާ ގަހެއް އުފެއްދުމުގެ އެވޯޑެވެ.

މި އެވޯޑު ލިބެނީ ހުސާމް ސަރަފް ނަމަކަށް ކިޔާ އިރާގުން ހިޖުރަކޮށްފައިވާ މީހަކަށެވެ.

މި މީހާ ވަރަށް ބުރަކޮށް މަސައްކަތްކޮށް ހައްދާފައިވާ މި ގަހުގައި ހުދު ކުލައިގެ ނެކްޓަރިން، ބްލަޑް ޕްލަމްސް، ޕީޗްކޯޓް، ޔެލޯ ޕްލަމްސް، އާމަންޑްސް، ޔެލޯ ޕީޗޭސް، އެޕްރިކޮޓް، ޗެރީ، ޔެލޯ ނެކްޓަރިން، އަދި ވައިޓް ޕީޗް ފަދަ ބާވަތްތައް އަޅައެވެ.

ސަރަފް ބުނާ ގޮތުގައި ގަސް އުފެއްދުމުގެ މުޅި މަރުހަލާއަކީ ކްރިއޭޓިވް ގްރާފްޓިން (ތަފާތު ގަސްތަކުގެ ގަސްގަހާގެހީގެ ޓިޝޫތައް އެއްކޮށްގެން) ޝާމިލުވާ މަސައްކަތެއް ކަމަށެވެ. މިއީ އަހަރުގެ ސީޒަނަށް ބަރޯސާވެގެން ތަފާތު ދިހަ ބާވަތެއްގެ އުފެއްދުންތައް އުފުލޭނެ ގަހެއް ލިބެންދެން ގާތްގަނޑަކަށް ތިން ވަރަކަށް އަހަރު ވަންދެން މަޑުމަޑުން ކުރަމުން އައި މަސައްކަތެއް ކަމަށް ސަރަފް ބުނެއެވެ.

"އެންމެ ފުރަތަމަ ގަސް އިންދުމުގެ މަސައްކަތް ފެށުނީ، ނެކްޓަރިން ގަހެއްގެ ގޮތުގައި، ދެން ފުޅާކުރީ އެހެން ގަސްތަކުން ގޮފިތައް އިތުރުކޮށްގެން." ސަރަފް ކިޔައިދިނެވެ.

ސަރަފް ބުނީ މި ގަހުގެ ކޮންމެ ގޮތްޕަކީވެސް ވަރަށް ތަފާތު ގޮތްޕެއް ކަމަށެވެ. މި ގަހުގައި އަޅާ މޭވާ އަމިއްލައަށް ނުކާނަމަ އަވަށްޓެރިންނަށް ދެނީކަމަށް އޭނާ ބުނެއެވެ. ރައްޓެހިންނާއި ގާތްތިމާގެ މީހުން އައިސް ގަހުގެ މޭވާ ކައި ހަދާ ކަމަށާއި އެންމެންނަށްވެސް މޭވާ މީރުވާހަކަ ބުނާކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު