އާއްމުގޮތެއްގައި ފެންނަ ކުރަތްޕަކީ ގިނަ ބަޔަކު ބިރު ގަންނަ އެއްޗެކެވެ. އެސޮރު ކަމެއް ނުކުރިކަމުގައިވިޔަސް، ބިރުން ހަޅޭލަވައިގަންނަ މީހުން ގިނައެވެ. ސަބަބެއް ކަމަށްވެސް ވަނީ އޭގެ ކުއްލި ހަރަކާތްތަކެވެ.

ކުރަފީގެ ހަރަކާތްތަކާއި އޭގެ އެހެނިހެން ކަންތައްތައް ހުންނަ ގޮތަކީ، ސައިންސްވެރިންނަށް ރޮބޮޓެއް ހެދުމަށް ޚިޔާލު އައިކަމެއްކަމަށް ދާދިފަހުން، ސައިންސްވެރިންގެ ޓީމަކުން ވަނީ ބުނެފައެވެ.

މަޝްހޫރު ހާވާޑް ޔުނިވަސިޓީ އާއި ޔޫސީ ބާކެލީ ގުޅިގެން ކުރަމުންދާ ރޮބޮޓުގެ ދިރާސާއަކަށް، ކުރަފީގެ ހަރަކާތްތައް ވަރަށް ގާތުން ބަލަމުމްދާއިރު، އެފަރާތްތައް ހައިރާންކޮށްލި ކަމަކަށް ވެފައިވަނީ އޭގެ ހަރަކާތްތަކެވެ. ބިންމަތީގައި އޮވެފައި، ތެދަށް ހުރި ފާރަކަށް، ފަރިތަކަމާއެކ ދާ ދިޔުމެވެ.

މިކަމާ ގުޅިގެން ސައިންސްވެރިން އެކުލަވާލާފައިވާ ދިރާސާ ކަރުދާހުގައި ބަޔާންކޮށްފައިވާގޮތުން، ކުރަފި އެއްތަނުން އަނެއް ތަނަށް، ވަކީން ޚާއްޞަކޮށް އެއް ގޮތަށް އޮތް ތަނަކުން އެހެން ގޮތަކަށް އޮތް ތަނަކަށް ބަދަލުވުމަށް ހޭދަވަނީ އެންމެ 75 ފަޅި ސިކުންތެވެ.

ކުރަފީގެ މި ކަންކަމަށް ވިސްނުމަށްފަހު، އެސޮރުމެންހަ ކުޑަކޮށް ރޮބޮޓެއް ހަދަން ވިސްނާފައިވީނަމަވެސް، މާތް ﷲ ގެ ކުޅަދުންވަންތަކަމުން އުފައްދާފައިވާ ދިރުމަކާއި، އިންސާނުން އުފައްދާފައިވާ އުފެއްދުމަށް، މޮޅުކަމުގެ ގޮތުން ގާތްވެސް ނުވާނެކަން ޔަޤީނެވެ.

ކިޔުންތެރިންގެ ހިޔާލު