ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް މަގުބޫލުކަން ހޯދާފައިވާ ދެކުނު ކޮރެޔާގެ އެކްޓަރުންގެ ތެރެއިން އެންމެ އަގުބޮޑު ދެ އެކްޓަރުންނަކީ ސޯންގް ހައެ ކިޔުއާއި ޖުން ޖީ ހުއަންއެވެ.

ދެކުނު ކޮރެޔާގެ ޑުރާމާތަކުން އެންމެންގެ ލޯބި ހޯދާފައިވާ ސޯންގް ހައެ ކިޔުއާއި ޖުން ޖީ ހުއަން އެޕިސޯޑެއް ކުޅެދޭ އަގު 200 މިލިއަނަށް ވުރެ ބޮޑެވެ.

ރިޕޯޓްތަކުގައިވާ ގޮތުން ސޯންގް ހައެ ކިޔު މިހާރު ކުޅެމުންދާ ޑުރާމާ ''ނަވް، ވީ އާ ބްރޭކިން އަޕް'' ގެ އެޕިސޯޑެއް ކުޅެދޭ އަގު 200 މިލިއަން ޑޮލަރަށް ވުރެ އަގު ބޮޑެވެ.

ސޯންގް އަކީ 2018 ވަނަ އަހަރު ކުޅުނު ޑުރާމާ ''ބޯއީފްރެންޑް'' އިން ފެށިގެން އެންމެ އަގުބޮޑު ބަތަލާގެ މަގާމު ހޯދާފައިވާ އެކްޓަރެކެވެ. ޑުރާމާ ''ބޯއީފްރެންޑް'' ގެ އެޕިސޯޑެއް ކުޅެދީފައިވަނީ 100 މިލިއަން ޑޮލަރަށެވެ.

ޑުރާމާތަކުގައި ސޯންގް ބޭނުން ކޮށްފައިވާ ބްރޭންޑުތަކުގެ ގަހަނާއާއި ހެދުންތަކުގެ ސޭލްސް ރޭޓިން މަތިވާ ކަމީ ވެސް ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ.

ޖުން ޖީ ހުއަން މިހާރު ކުޅެމުންދާ ޑުރާމާ ''ޖިރިސަން'' އަކީ ބެލުންތެރިންގެ މެދުގައި އެހާ މަގުބޫލު ޑުރާމާއެއް ނޫން ނަމަވެސް ޖުން އެޕިސޯޑެއް ކުޅެދޭ އަގަކީ 200 މިލިއަން ޑޮލަރު ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ޖުންއަކީ ވެސް 2013 ވަނަ އަހަރު ދެއްކި ޑުރާމާ ''މައި ލަވް ފްރޮމް އެނަދާ ސްޓަރ'' ބޮޑު އަގުގައި ކުޅެފައިވާ ފަންނާނެކެވެ. އެ ޑްރާމާގައި އެޕިސޯޑެއްގެ އަގަކީ 100 މިލިއަން ޑޮލަރެވެ.

މި ބަތަލުންނަކީ ރީތި ޑުރާމާތަކެއް ކުޅެފައިވާ ދެ ބަތަލުންނެވެ.