ބޮލީވުޑުގެ ބަތަލާ ރަވީނާ ޓަންޑަންއަކީ 1990 އިގެ އަހަރު ތަކުގައި ހިތްގައިމު ފިލުމު ތަކަކާއި ލަވަތަކެއް ބެލުންތެރިންނަށް ގެނެސްދީފައިވާ ފަންނާނެކެވެ.

މިގޮތުން ފިލުމު ''މޮހޮރާ'' ގެ ފާހަގަ ކޮށްލެވޭ އެއް ލަވަ ކަމުގައިވާ ''ޓިޕް ޓިޕް ބަރުސާ ޕާނީ'' ގެ ސެޓުގެ ތެރެއިން ބޮލީވުޑުގެ އެކްޓަރ ރަންވީރު ސިންގް ނެރުނު ކަމަށް ރަވީނާ ބުނެފައިވެއެވެ.

ރަންވީރު ކުޑައިރު މި ލަވައިގެ ޝޫޓިން ބަލައިލުމަށް މަންމައާއި އެކު ދިޔައެވެ. ނަމަވެސް ލަވައަކީ ކުޑަކުދިންނާއި ނުގުޅޭ ހަރަކާތްތަކެއް ދައްކުވައިދޭ ލަވައެއް ކަމަށާއި ވާރޭގައި ޝޫޓް ކޮށްފައިވާ ލަވައަކަށްވުމުން ކުޑަކުދިން ބަލަން ތިއްބައި ޝޫޓް ކުރުމަށް ރަވީނާއަށް އުދަނގޫވި ކަމަށް އޭނާ ބުނެފައިވެއެވެ.

އެހެންކަމުން ޕްރޮޑިއުސަރާއި ވާހަކަ ދައްކައިގެން ތަނުގައި ތިބި ކުޑަކުދިންތައް ބޭރަށް ނެރެނީ ކަމަށް ރަވީނާ ހާމަ ކުރިއެވެ.

''ރަންވީރުއަކީ ކުޑައިރު ވެސް ވަރަށް ނޯޓީ ކުއްޖެއް. އޭނާ ބަލަން ހުއްޓާ އެފަދަ ހަރަކާތްތަކެއް ގެންނަން އުދަނގޫވި. އެހެންކަމުން އަހަރެން ބުނިން ޕްރޮޑިއުސަރު ގާތު ބެލެނިވެރިން ތިއްބަސް އެންމެ ރަނގަޅޭ، ނަމަވެސް ކުޑަކުދިން ބޭރު ކުރާށޭ'' ރަވީނާ ބުނެފައިވެއެވެ.

މީގެއިތުރުން ރަވީނާ ބުނެފައިވަނީ މިހާރު ވެސް ރަންވީރު އެ ޝަކުވާ ކުރާ ކަމަށެވެ. އެ ދުވަހުގެ ސެޓުން ރަންވީރު ނެރުނު ކަމަށް ބުނެ މިހާރު ވެސް ރަވީނާ ގާތު އެ ވާހަކަ ދައްކާ ކަމަށް އޭނާ ބުނެފައިވެއެވެ.

ރަވީނާއާއި އަކްޝޭގެ މި ލަވައަކީ ވަރަށް މަގުބޫލުވެގެން ދިޔަ ލަވައެކެވެ. މި ލަވައިގެ ރިމިކްސްއެއް ވަނީ ފިލުމު ''ސޫރިއަވަންސީ'' އިން ފެނިފައެވެ. ރިމިކްސް ލަވައިގައި އުޅެނީ އަކްޝޭއާއި ކެތުރީނާ ކެއިފުއެވެ.

ކިޔުންތެރިންގެ ހިޔާލު