މި ކުޑަ ކުޑަ މުޖުތަމައުގައި ކޮންމެ މީހަކީ ވެސް ރީތި ކަމަށް ލޯބި ކުރާ މީހެކެވެ. އެއީ އަހަރުމެންގެ ތެރެއިން ކޮންމެ ދިވެއްސެއްގެ ގައިގައި ހަރުލާފައި ހުންނަ ސިފައެއްވެސް މެއެވެ. މީހާގެ ރީތިކަން ދައްކުވައިދޭ އެއް ކަމުގެ ތެރޭގައި އެމީހެއްގެ ބޮލުގައި އޮންނަ އިސްތަށިގަނޑު ރީތި ކޮށް އޮތުންވެސް ހިމެނޭތާއެވެ.. ކޮންމެ މީހަކު ވެސް ބަލާނީ އިސްތަށިގަނޑަށް ދެވޭނެ ފަރުވާއެއް ދީގެން ސިއްހަތު ރަނގަޅު އެންމެ ރީތި ވަރުގަދަ އިސްތަށިގަނޑަށް ހެދުމަށެވެ.

އަހަރުމެންގެ ތެރޭގައި ގިނަ މީހުންނަކީ އެންމެ ސިއްހަތު ރަނގަޅު އިސްތަށިގަނޑެއް ލިބިފައިވާ މީހުންނެއް ނޫނެވެ. އޭގެ ސަބަބުން މާޔޫސް ވެފައިވާ އެތައް ބަޔަކު ތިބިކަމަށް ބުނުމަކީ ދޮގަކަށް ނުވާނެއެވެ. އެފަދަ މީހުން އަދި މާޔޫސްވާކަށް ނުވެއެވެ.

އާންމު ގޮތެއްގައި އިސްތަށި ފައިބާ އިސްތަށިގަނޑުގެ ހުންނަ އޮފް ކަން ކަނޑައިގެން ދާން މެދުވެރިވާ ސަބަބު ތަކުގެ ތެރޭގައި އިސްތަށިގަނޑުގައި ފާޑު ފާޑުގެ ކެމިކަލްތަކާއި ކުލަ އަދި އިސްތަށިގަނޑާއި ނުގުޅޭ މާއްދާތަކުގެ ޝޭމްޕޫ ބޭނުން ކުރުން ހިމެނެއެވެ.

އެގޮތުން މިފަހަރު މި ބަލާލަނީ ކޮކާ ކޯލާއިން އިސްތަށިގަނޑު ދޮވުމުން ލިބޭ ފާއިދާ ތަކަށެވެ. އަބަދުވެސް ކޮކާ ކޯލާ ފުޅިއެއް އައިސް އަލަމާރީގައި ބަހައްޓާށެވެ.

ކޮކާ ކޯލާ އަކީ ގިނަ ބަޔަކަށް ނޭގުނު ކަމުގައި ވީ ނަމަވެސް ތަންތަން ސާފު ކުރުމާއި ބަދިގޭގައި ކައްކަން ބޭނުންކުރާ ތެލި ފަދަ ތަކެތި ވެސް ސާފު ކުރުމަށް ވަރަށް ބޭނުން ތެރި އެއްޗެކެވެ.

ކޯކް ބޭނުންކޮށްގެން އިސްތަށިގަނޑަށް ކުރެވިދާނެ ކަންކަމަކީ މިއީއެވެ. އެގޮތުން އުޅޭ ކުޑަ ކުއްޖަކު ވިޔަސް އަދި އަމިއްލަ މީހާގެ ކަމުގައި ވިޔަސް އިސްތަށިގަނޑުގައި ޗުވިންގަމް ހަރުލައިފިނަމަ ކޯކް އިން އެވެސް ނައްޓުވައި ލެވިދާނެއެވެ.

ބޯތަށްޓެއްގެ ތެރެއަށް ކޯކް އެޅުމަށްފަހު އިސްތަށި ގަނޑުގައި ޗުވިންގަމް އަތުލާފައި ހުރިތަން ކޯކްގެ ތެރެއަށް ލާށެވެ. އިރުކޮޅަކު ބެހެއްޓުމަށްފަހު ވަރަށް ފަސޭހައިން އެ ނައްޓާލެވިދާނެއެވެ.

ކޮންމެ އަކަސް ކޮކާ ކޯލާ އަކީ އިސްތަށިގަނޑުގެ ބޯ ކަން އިތުރު ކޮށްދޭން ވެސް ބޭނުން ކުރެވިދާނެ ފަސޭހައިން ލިބެން ހުންނައެއްޗެއް ކަމަށް ގިނަ މީހުންގެ ވާހަކަތަކުން އެނގިގެން ގޮސްފައިވެއެވެ. ނަމަވެސް މިއި ސީދާ ސައްހަ ވާހަކަ އެކޭވެސް ނުބުނާނަމެވެ. ކޮންމެ ކަމަކީ ވެސް އަމިއްލަ އަށް އެކަމެއް ކޮށް އެކަމެއް ތަޖަތިބާ ކުރެވޭނެ ކަން ކަމެވެ.

ކޮކާ ކޯލާގައި އެކުލެވިގެން އެސިޑްގެ މިންވަރު މަތި ކަމުން އިސްތަށިގަނޑު ރީތިކޮށް ދުރަށް ދައްކުވައިދޭނެއެވެ. ރީތި ވުމުގައި ބެނުން ކުރެވިދާނެ އުކުޅުތައް އެލްކޯ ނަމަކަށް ކިޔާ ބްލޮގަރެއް ބުނެފައިވަނީ މި ކަން ކުރުމުން ހިތްހަމަ ޖެހޭނެ ފަދަ ނަތީޖާއެއް ފެންނާނެ ކަމަށެވެ. އޭނާ އެ ބްލޮގްގައި ބުނެފައިވަނީ ހަމަ އެކަނި ކޮށްލަން ޖެހޭ ކަމަކީ ކުޑަ ދެ ކޯކް ފުޅި ގެނައުމަށްފަހު ބޮލުގައިވާ އިސްތަށިގަނޑަށް އަޅާލުމަށްފަހު ފެނުން ދޮވެލާށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. Anonymous

  އެވާކަ ދޯ.

  4
  1
 2. ސަމާސާ

  ...."ކޮކާ ކޯލާ އަކީ ގިނަ ބަޔަކަށް ނޭގުނު ކަމުގައި ވީ ނަމަވެސް ތަންތަން ސާފު ކުރުމާއި ބަދިގޭގައި ކައްކަން ބޭނުންކުރާ ތެލި ފަދަ ތަކެތި ވެސް ސާފު ކުރުމަށް ވަރަށް ބޭނުން ތެރި އެއްޗެކެވެ...."

  މިވަރުގެ އެއްޗެއް އަހަރުމެން މިބޮނީ. ހެޔޮނުވާނެ.